ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)245-ESD/245/2025/91
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި: 30 ޖުލައި 2025 00:00
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖުލައިމަހުގެ ރައްޔިތުންގެ ބައްދަލުވުން

       ޤާނޫނު ނަންބަރު 7/2010, ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ކައުންސިލުތަކުން ބޭއްވުމަށް ލާޒިމުކުރާ ޖުލައިމަހުގެ ރައްޔިތުންގެ ޢާންމު ބައްދަލުވުން 2025 ޖުލައި 30 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 14:15 ގައި ދަރުބާރުގޭ މަރަވަކަރު މާލަމުގައި އޮންނާނެއެވެ.

       މި ބައްދަލުވުމުގެ އެޖެންޑާ ތިރީގައިއެވަނީއެވެ.

  • ބައްދަލުވުމުގެ ތަޢާރަފު
  • ކައުންސިލުގެ ރައީސް ވާހަކަ ދެއްކެވުން
  • 2026 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓު ހުށަހަޅައި ހިޔާލު ހޯދުން 

       ވީމާ، މި ބައްދަލުވުމުގައި ބައިވެރިވުމަށް މި ރަށުގެ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވަމެވެ.

23 ޖުލައި 2025