ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)202-M/1/2015/116
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:39
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރު ބަނުމާބެހޭ ގަވާއިދާބެހޭ

ދިވެހިރާއްޖޭގެ ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރު ބަނުމާބެހޭ ގަވާއިދު

ދިވެހިރާއްޖޭގެ ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރު ބަނުމާބެހޭ ގަވާއިދުގެ ދެލިކޮޕީއެއް މި އޮތޯރިޓީން ވަނީ އެކުލަވާލާފައެވެ. މި ގަވާއިދުގެ ދެލިކޮޕީ، މި އޮތޯރިޓީގެ ވެބްސައިޓް www.transport.gov.mv އިން ލިބޭނެގޮތް ވަނީ މިހާރު ހަމަޖެހިފައެވެ. މި ގަވާއިދަށް އުޅަނދުފަހަރު ބަންނަ ފަރާތްތަކުން، ބޯޓްޔާޑުތަކުން، ބޯޓް ބިލްޑިންގ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުން އަދި ޢާންމު ރައްޔިތުންގެ ފަރާތުން ދެއްވަން ބޭނުންފުޅުވާ ޚިޔާލުފުޅުތައް، މި އޮތޯރިޓީއަށް ފޮނުއްވައިދެއްވުމަކީ މި އޮތޯރިޓީގެ ވަރަށްބޮޑު އެދުމެކެވެ. މިގޮތުން ފޮނުއްވާ ކޮމެންޓުތަކުގެ ތެރެއިން، މި ގަވާއިދު އިތުރަށް ފުރިހަމަވާނެކަމަށް ފެންނަ ކޮމެންޓުތައް އިތުރަށް މުރާޖަޢާ ކުރެވޭނެއެވެ.

މި ގަވާއިދަށް ކޮމެންޓްތައް ފޮނުއްވާނީ [email protected] ނުވަތަ [email protected] އަށެވެ.

3 ޛުލްޙިއްޖާ 1436

17 ސެޕްޓެންބަރު 2015