ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2024/143
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 15:18
ސުންގަޑި: 24 ޖުލައި 2025 14:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޑެޕިއުޓީ މެނޭޖަރ

ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ދާއިރާ:

ކޯޕަރޭޓް އެފެއަރޒް ޑިޕާޓްމަންޓް

މަޤާމް:

ޑެޕިއުޓީ މެނޭޖަރ

ބޭނުންވާ ޢަދަދު:

01

މުސާރަ:

-/10,500ރ އާއި -/21,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ލެވެލް ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ޑިޕާރޓްމަންޓުގެ ސްޓްރެޓެޖިކް އަދި އެކްޝަން ޕްލޭން ފަދަ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތްތައް ދާއިރާގެ އެންމެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ކުރުމާއި، އަދި ޕްލޭންތަކުގައިވާ ގޮތުގެމަތިން ކުރަން ނިންމާފައިވާ ކަންކަން ރާވާ، ހިންގާ، ސްޕަވައިޒްކޮށް ބެލެހެއްޓުން.
  • ޑިޕާރޓްމަންޓަށް މެނޭޖްކުރަން ހަވާލުކުރެވޭ ކޯޕަރޭޓް އިވެންޓްތަކާއި ގުޅޭ މަސައްކަތްތައް ރާވާ، ސްޕަވައިޒްކޮށް ބެލެހެއްޓުން.
  • އައި.އެސް.އޯ ގެ މަސައްކަތްތައް ޑިޕާރޓްމަންޓްގެ އެންމެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ހިންގާ ބެލެހެއްޓުން.  
  • ކުންފުނީގެ ދާއިރާތަކަށް ދޭންޖެހޭ އެޑްމިނިސްޓްރޭޓިވް ސަޕޯޓް ފޯރުކޮށްދިނުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

24 ޖުލައި 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 24 ޖުލައި 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މިވަޒީފާއަކީ 02 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 02 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި މަޤާމަށް ކުރިމަތި ނުލެވޭނެއެވެ.

27 މުޙައްރަމް 1447

22 ޖުލައި 2025

22 ޖުލައި 2025