ބީލަން
ނަންބަރު: (IUL)333/333/2025/41
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 17:26
ސުންގަޑި: 05 އޮގަސްޓް 2025 13:30
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ކ.ތުލުސްދޫ ބިންހިއްކައި ތަރައްޤީ ކުރާނެ ފަރާތެއް ހޯދުން

އިޢުލާން

 

ކ. ތުލުސްދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ބޯހިޔާވަހިކަން ލިބިފައިނުވާ ފަރާތްތަކަށް ބޯހިޔާވެހިކަން ފޯރުކޮއްދިނުމަށާއި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް މި ކައުންސިލުން އެޕްރޫވް ކޮށްފައިވާ ރިކްލެމޭޝަން ޕްލޭނުގެ ތެރެއިން ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ބިން ހިއްކައި، ރިވެޓްމަންޓްޖަހައި، ތަރައްޤީކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ބީލަން ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަށް ފުރިހަމަވޭތޯ ކަށަވަރުކުރުމުގެ ގޮތުން ޑޮކިއުމެންޓޭޝަން އެވިޑެންސް މި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާއިރު ހުށަހަޅަންވާނެއެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް 2025 ޖުލައި 22 ން 31އާ ދެމެދު މިކައުންސިލްގެ އީމެއިލް [email protected]  އަށް ރަޖިސްޓްރޭޝަން ވުމަށް ބޭނުންވާ ޑޮކިއުމަންޓްސް ހުށައަޅަންވާނެއެވެ. ރަޖިސްޓްރޭޝަން ވުމަށް ހުށައަޅަން  ބުނެފައިވާ އެންމެހާ ޑޮކިއުމަންޓްސްތަކާއި ނޮން- ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ ނުދައްކާފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެވާހަކަ ދަންނަވަމެވެ.

ވީމާ، މި ކަމަށް ޝައުގުވެރިވެލައްވާ އަދި ޝަރުތުހަމަވާ ފަރާތްތަކަށް 2025 އޮގަސްޓް 05 ވާ އަންގާރަ ދުވަހުގެ 13:30 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

21 ޖުލައި 2025