ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2025/18
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 15:56
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދެކުނު ޤުރުއާން މުބާރާތު 2025 - ކުޅުދުއްފުށި ޓީމަށް ބައިވެރިން ހޯދުމަށް ބާއްވާ އޮޑިޝަނާއި ބެހޭ

ހދ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތިލަ ދެކުނު ޤުރުއާން މުބާރާތް 2025 ގެ އާންމުންނަށް ހުޅުވާލެވިފައިވާ ކެޓަގަރީގައި ކުޅުދުއްފުށި ޓީމްގެ ގޮތުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުންނަށް  ވަނީ ހުޅުވާލެވިފައެވެ.

ތިލަދެކުނު ޤުރުއާން މުބާރާތް 2025 ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 12 ން 14 ށް ހދ.މަކުނުދޫގައިއެވެ. މިމުބާރާތުގައި ބައިވެރިވާ ކުޅުދުއްފުށި ސިޓީ ޓީމް އެކުލަވާލުމަށް ހަމަޖެހިފައިވަނީ އޮޑިޝަނެއް ބޭއްވުމަށް ފަހުއެވެ. އާންމުންނަށް ހުޅުވާލެވިފައިވާ ކެޓަގަރީން ބައިވެރިކުރެވޭނީ ހދ.އަތޮޅު ރަށްރަށުގެ ސިޓީ / ރަށު ކައުންސިލްތަކުން ހުށަހަޅާ ޓީމްތަކަށެވެ. އެގޮތުން ކޮންމެ ރަށަކުންވެސް ބައިވެރިކުރެވޭނީ 1 ޓީމެވެ.  ކޮންމެ ޓީމެއްގައި ވެސް ހިމެނޭ ބައިވެރިންނަކީ ސްކޫލް ދަރިވަރުން ފިޔަވާ އެރަށަކަށް ނިސްބަތްވާ ބައިވެރިއަކަށް ވާންވާނެއެވެ. އާންމުންގެ ބައިން ޓީމަކުން ގިނަވެގެން ބައިވެރި ކުރެވޭނީ 3 ބައިވެރިންނެވެ. އެއީ ނުބަލާ ކިޔަވާ ބައިތަކުން 15 ފޮތުގެ ބައިން ބައިވެރިއެއް، 20 ފޮތުގެ ބައިން ބައިވެރިވެއެއް  އަދި ބަލައިގެން ކިޔެވުމުގެ ބައިން އެއް ބައިވެރިއެވެ.

ކުޅުދުއްފުށީ ޓީމްގެ ބައިވެރިން އެކުލަވާލުމަށް ބާއްވާ އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 23 ޖުލައި 2025 ވާ ބުދަ ދުވަހުގެ  ހެނދުނު 9:00 ގައި އެން.އޯސީ ލަގޮޑި މާލަމްގައެވެ.

ވިމާ، އޮޑިޝަނުގައި ބައިވެރިވުމަށް ބޭނުންވާ ބޭފުޅުން، 23 ޖުލައި 2025 ވާ ބުދަ ދުވަހުގެ ހެނދުނު 9:00 ގެ ކުރިން އެންއޯސީ ލަގޮޑި މާލިމީ މާލަން ވަޑައިގެންދެއްވުން އެދެމެވެ.

މުބާރާތުގެ ޤަވައިދު: https://shorturl.at/3xbj5

21 ޖުލައި 2025