ދިވެހިރާއްޖެ
އުއްތަމަފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވާލުން |
ނަންބަރު:(IUL)195-C/195/2025/28 |
|
ތާރީޚް:21 ޖުލައި 2025 |
||
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމަށްޓަކައި، އުއްތަމަފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލައްވަން އެދިލައްވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުއްވުމަށް، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ހުޅުވައިލަމެވެ. |
||
ހުށަހަޅަންޖެހޭ ތަކެތީގެ ލިސްޓް |
ނޯޓް:ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ، މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތައުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކެ 1 ސެޕްޓެމްބަރ 2016 ގެ ފަހުން ރާއްޖޭގެ ކޮލެޖު/ޔުނިވަރސިޓީތަކުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ. |
|
މި މަޤާމަށް ކުރިމަތިލާ މީހުންގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ. |
||
އަޚްލާޤާއި ސުލޫކު |
|
|
ޢުމުރު |
|
|
ތަޢުލީމް |
|
|
ތަޖުރިބާ |
|
|
ސުންގަޑި |
އެޕްލިކޭޝަން ހުށަހަޅުއްވާނީ 29 ޖުލައި 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިންމި ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ. ނަމަވެސް އެޕްލިކޭޝަންގެ ގޮތުގައި ހާޑް ކޮޕީ ހުށަހަޅަންބޭނުންވާ ފަރާތްތަކުން ކޮމިޝަނުގެ ރަސްމީ ގަޑީގައި ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެއެވެ.
ފަހިރެސް ޕޯޓަލްގެ ލިންކް ތިރީގައިއެވަނީއެވެ. ނޯޓް: ފަހިރެސް ޕޯޓަލްއިން އެޕްލިކޭޝަން ސަބްމިޓްކުރާނަމަ ޕާސްޕޯޓް ސައިޒުގެ ފޮޓޯ ހުށަހަޅަން ނުޖެހޭނެއެވެ. |
|
އިތުރު މަޢުލޫމާތު |
- އުއްތަމަފަނޑިޔާރުކަމަށްއެދި ހުށަހަޅާ އެޕްލިކޭޝަން ކޮމިޝަނުގެ ވެބްސައިޓުންނާއި އަދި ކޮމިޝަނުގެ ކައުންޓަރއިން ލިބޭނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ. |