ދިވެހިރާއްޖެ
އިޢުލާން
މުލީ ކައުންސިލަށް ބޭނުންވާ 540 ޑަސްބިން ސަޕްލައިކޮށްދޭން ފަރާތެއް ހޯދުން
މި އިދާރާ އަށް ބޭނުންވާ 540 ޑަސްބިން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:(IUL)365-CA/365/2025/43 ( 09 އޭޕްރީލް 2025 ) އިޢުލާނާއި ގުޅިގެން ބިޑް ކާމިޔާބު ކުރި ފަރާތުން އެމަސައްކަތް ކޮށްދެވެން ނެތްކަމަށް މިއިދާރާއަށް އަންގާފައިވާތީ އިޢުލާން ބާތިލް ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.
މި މަސައްކަތް ކުރުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ފިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށެވެ.
ވީމާ މި މަސައްކަތް ކޮއްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 31 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބިޑް ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
|
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
އަންދާސީ ހިސާބު ހުށަހެޅުން |
މ. މުލީ ކައުންސިލްގެ އިދާރާ |
05 އޮގަސްޓް 2025 |
އަންގާރަ |
13.00 |
ބީލަމުގައި ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ މިކަމަށް އެދި ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބިޑް ހުށަހެޅުމަށް ބައިވެރި ވެވޭނީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. ބަދަލުގައި އެހެން ފަރާތަކުން ބިޑް ހުށަހެޅުމަށް ވަޑައިގަންނަވާނަމަ، ބިޑުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ. ބިޑްތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާނަން: " މުލީ ކައުންސިލަށް ބޭނުންވާ 540 ޑަސްބިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން "، ބީލަން ކެނޑުމަށް ހަމަޖެހިފައިވާ ތާރީޚް އަދި ގަޑި ލިޔެފައި އޮންނަންވާނެއެވެ.