ބީލަން
ނަންބަރު: GS166/IUL/2025/015
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 20:14
ސުންގަޑި: 31 ޖުލައި 2025 13:00
މުލަކު ސްކޫލް
ދިވެހިރާއްޖެ
މުލަކް ސްކޫލްގެ ކަރަންޓް ވިއުގަ ތްރީ ފޭސްއަށް ބަދަލުކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

މުލަކު ސްކޫލް

މ.މުލައް،

ދިވެހިރާއްޖެ.                                                 އިޢުލާން ނަންބަރު:GS166/IUL/2025/015

އިޢުލާން

 

މުލަކް ސްކޫލްގެ ކަރަންޓް ވިއުގަ ތްރީ ފޭސްއަށް ބަދަލުކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

  1. މި ސްކޫލުންދޭ މަޢުލޫމާތާ އެއްގޮތަށް ސްކޫލްގެ ކަރަންޓް ވިއުގަ ތުރީ ފޭސްއަށް ބަދަލުކުރުމަށްޓަކައި ބޭނުންވާތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ، މިކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު، ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިކަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން ގެޒެޓު ކުރެވިފައިވާ "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކުރައްވައި، އައިޑީކާޑުގެ ކޮޕީ، ވިޔަފާރިއެއްނަމަ، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއާއެކު، 2025 ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އީމެއިލް މެދުވެރިކޮށް، ބިޑް ރަޖިސްޓަރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025  އޮގަސްޓް 04 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން 2025 އޮގަސްޓް 05 ވާ އަންގާރަ ދުވަހުގެ 13:00ގައި މުލަކް ސްކޫލްގެ އޮފީހުގައި ކުރިއަށްދާނެއެވެ.
  6. ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މުލަކް ސްކޫލް

ފޯން:  7952903 / 7988183

އީ-މެއިލް: [email protected]  

20 ޖުލައި 2025