ދިވެހިރާއްޖެ
ހުސްބިންތަކުގައި ގާޑިޔާ" ނުވަތަ "ގޮނޑިއާއި މޭޒު" ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެފަދަ ޚިދުމަތްތަކުން ފީ ނެގުމާއި ގުޅޭ އުޞޫލަށް 1 ވަނަ އިޞްލާޙު ގެނައުން.
- ބުނެވިދިޔަ އުޞޫލުގެ 7 ވަނަ މާއްދާ އަށް (ނ) އާއި (ރ) އިތުރުކޮށް އަންނަނިވި ގޮތަށް އިޞްލާހުކުރުން.
ފީ ނެގުން |
7. |
|
މި ބާވަތުގެ ވިޔަފާރިތައް ކުރާ ބިންތަކަށް ކުލި ކަނޑައަޅާނީ ތިރީގައި ބަޔާން ކުރެވިފައިވާ ގޮތަށެވެ. |
|
|
(ނ) |
ކައުންސިލުން އެކަށައަޅާ ތަންތަނުގައި ކާބޯތަކެތީގެ ޚިދުމަތްދިނުމުގެ ގޮތުން އުނދުން ބަހައްޓާ ކެއްކުންފަދަ ކަންކަންކުރާނަމަ ބިމު ކުލީގެ ގޮތުގައި އަކަފޫޓަކަށް މަހަކު 7 (ހަތް) ރުފިޔާ ދައްކަންޖެހޭނެއެވެ. މިގޮތުން ދައްކަންޖެހޭ ފައިސާ ކޮންމެ މީލާދީ މަހެއްގެ 10 ގެ ކުރިން ދައްކަންޖެހޭނެއެވެ. ކާބޯތަކެތީގެ ޚިދުމަތް ދިނުމުގެ ވިޔަފާރިކުރުމަށް ދޭނަމަ ކައުންސިލުން އެކަށައަޅާފައިވާ ތަންތަނާއި ފީގެ މިންވަރު މި އުޞޫލުގައިވާ ރަށުގެ ޗާޓުގެ ޖަދުވަލް 3 ގައި ބަޔާންކޮށްފައި އެވަނީއެވެ.
|
|
|
(ރ) |
މި އުޞޫލުގެ 5 ވަނަ މާއްދާގެ ދަށުން ބިން ބޭނުންކުރުމަށް ދެވިފައިވާ މުއްދަތު އިތުރުކުރުމަށް އެދުމުން، އެ މުއްދަތު އިތުރުކޮށްދެވޭ ހާލަތުގައި، މި މާއްދާގެ (ހ) (ށ) އަދި (ނ) ގައި ބަޔާންކުރާ ފީގެ އިތުރުން، ބިން ބޭނުންކުރާ މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް އަކަފޫޓަކަށް 20 (ވިހި) ލާރި އަށްވުރެ ކުޑަނުވާގޮތެއްގެމަތިން ބިމު ކުލިއަށް އިތުރުކުރުމަށް ކައުންސިލަށް އިޙްތިޔާރު ލިބިގެންވެއެވެ. އަދި ބިން ބޭނުންކުރާ މުއްދަތު އިތުރުކުރާ ހާލަތުގައި، އިތުރުކުރެވޭ މުއްދަތާއި، މި މާއްދާގެ ދަށުން ކުލީގެ ގޮތުގައި އިތުރަށް ދައްކަންޖެހޭ ފައިސާ ހިމަނައި، ބިން ބޭނުންކުރާ ފަރާތާއި ހުރާ ކައުންސިލާ ދެމެދު ވެފައިވާ އެއްބަސްވުމަށް އިސްލާހުގެނެސް ދެފަރާތުން ސޮއިކުރަންވާނެއެވެ. |
މި ގަވާއިދަށް ޢަނަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޙުން ފެށިގެންނެވެ.