ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)93-A/1/2025/17
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 13:30
ސުންގަޑި: 30 ޖުލައި 2025 13:00
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ޓެކްނިކަލް ސަޕޯޓް ސްޓާފް

މަޤާމު: ޓެކްނިކަލް ސަޕޯޓް ސްޓާފް

ބޭނުންވާ އަދަދު: 1

މަޤާމުގެ ގިންތި:  ކޮންޓްރެކްޓް (ޕާޓްޓައިމް) ސްޓާފް

ޕްރޮޖެކްޓް ގެ ނަން: "އެންހޭންސްޑް އާރލީވޯނިން ކެޕޭސިޓީ އޮފް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ބައި އިންޓެގްރޭޓިން އެންޑް ޕްރޮކިއުމެންޓް އޮފް އެކްސް-ބޭންޑް ކޮމްޕެކްޓް ވެދަރ ރޭޑަރ ނެޓްވޯރކް ފޯ އާރލީ ޑިޓެކްޝަން އޮފް ނެޗަރަލް ޑިސާސްޓާރ އިން މޯލްޑިވްސް އާކިޕެލާގޯ"

މަސައްކަތް ކުރަން ޖެހޭ ތަން: ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް

އިނާޔަތް (މަހަކު): 5،600 ރުފިޔާ.

އެހެނިހެން އިނާޔަތްތައް: ނެތް

މި ވަޒީފާގެ ޝަރުތުތަކާއި މަސްޢޫލިއްޔަތުތައް ހިމެނޭހެން "ޓަރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައިވާނެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ލިއުންތައް:

  1. މި މަޤާމަށް އެދި ހުށަހަޅާ ސިޓީ ( ޕުރޮޖެކްޓްގެ ނަމާމާއި ކުރިމަތިލާ މަޤާމު އެނގޭނެހެން)
  2. ހުށަހަޅާ ފަރާތުގެ ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު (ގުޅޭނެ ފޯނުނަމްބަރާއި އީމެއިލް އެޑްރެސް އަދި ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެ މަޢުލޫމާތުވެސް ހިމެނޭގޮތަށް)،
  3. ލިބިފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓިފިކެޓުގެ ކޮޕީ ( ރާއްޖޭއިންބޭރުގެ ސެޓްފިކެޓެއްނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވަލް ކަނޑައަޅާ ތައްގަޑު ޖަހާފައިވާ ކޮޕީ )
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ،
  5. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ ވަޒީފާއަދާކުރި ތަނުން ދީފައިވާ ލިޔުމުގެ ކޮޕީ،
  6. އަދި ސިވިލް ސަރވިސް މުވައްޒަފެއް ނަމަ އޮފީހުގެ މައިގަނޑު މަސައްކަތް ކުރަމުން މި މަޤާމުގެ އިތުރު މަސްއޫލިއްޔަތު އަދާކުރުމުގައި އިއުތިރާޒެއް ނެތް ކަމަށް އޮފީހުން ދީފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތް: މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  2025 ޖުލައި 30 ވަނަ ދުވަހު 1300ގ ގެ ކުރިން މި އޮފީހުގެ އީމެއިލް އެޑްރެސް [email protected]  އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ދުވަސް އިތުރުކޮށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ފުރިހަމަ އެޕްލިކޭޝަން އެއްގެ ގޮތުގައި ބަލައިގަނެވޭނީ ހުރިހާ ސަޕޯޓިންގ ޑޮކިޔުމެންޓްތައް އެޓޭޗްކުރެވިފައިވާ އެޕްލިކޭޝަންތައް ކަމުގައި ދަންނަވަމެވެ. މި މަޤާމަށް 10 މީހުންނަށް ވުރެން ގިނައިން ކުރިމަތިލައިފިނަމަ ހުށަހަޅާފައިވާ ލިޔެކިއުންތަކަށްބަލައި ޝޯޓްލިސްޓްކޮށް އިންޓަރވިއުއަށް ދަޢުވަތުދެވޭނީ އެންމެރަނގަޅު 10 މީހުންނަށެވެ.

އިންޓަރވިއު: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2025 އޯގަސްޓް 3 އާއި އޯގަސްޓް 7 ވަނަދުވަހާއި ދެމެދުގެ ދުވަހެއްގައި ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މިއޮފީހުގެ 3037215  ނުވަތަ  3037225 ނަމްބަރ އަށެވެ. ނުވަތަ މި އޮފީހުގެ އީމެއިލް [email protected]    އީމެއިލް އަށެވެ.

  

ނޯޓް: މައުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށް ލިބިގެންވެއެވެ. އަދި މި އިއުލާނު ކޮންމެ ވަގުތެއްތައިވެސް ބާޠިލުކުރުމުގެ އިޚްތިޔާރު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށް ލިބިގެންވެއެވެ.

 

20 ޖުލައި 2025