ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކްގައި ކިޔަވައިދެމުންދާ މޮޑިއުލްތަކުގެ ކަރިކިއުލަމްތައް އަދާހަމަކުރުމަށް ބޭނުންވާތީވެ، މި މަޤާމަށް/ މަސައްކަތަށް ކުރިމަތިލިމުގެ ފުރުސަތު ހުޅުވާލަމެވެ.
މި މަޤާމު/ މަސައްކަތާގުޅޭ މައުލޫމާތު ހިމެނޭ ގޮތައް ތައްޔާރުކޮށްފައިވާ 05 ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
ވަޒީފާގެ ފުރުސަތު |
ކަރިކިއުލަމް ކޮންސަލްޓެންޓް (ސަބްޖެކްޓް އެކްސްޕަޓައިޒް) |
ބޭނުންވާ އަދަދު |
05 |
އެޕްލިކޭޝަން ހުށައެޅުން:
ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ޖުލައި 2025 ދުވަހު ގެ މެންދުރު14:00ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރަސްޓް އާއެކު ކަމާގުޅުންހުރި ވެލިޑޭޓްކޮށްފައިވާ ލިޔެކިޔުންތަށް އަދި ވަނަވަރު، މި މިއިދާރާގެ އީމެއިލް އެޑްރެސް[email protected]އަށް ފޮނުވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އެޕްލިކޭޝަންއާއި އެކު ހުށައަޅުއްވަން ޖެހޭ ލިޔެކިޔުން:
- އެކްސްޕްރެސް އޮފް އިންޓެރެސްޓް (ކުރިމަތިލާން ބޭނުންވާ ދާއިރާ ވަކިން ބަޔާންކުރުމާއެކު)
- ސީ.ވީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ
- އެޓެސްޓު ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓް. (ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއްނަމަ އެމް.ކިއު.އޭ އެކްރިޑިއޭޓްކުރެވިފައިވުން)
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއް، އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
ޓަރމްސް އޮފް ރެފަރަންސް:
މި މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ 05 ދާއިރާގެ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ 05 ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ.
ކޮންސަލްޓަންޓަކު ހޮވުން:
ކޮންސްލްޓަންޓެއް ކަނޑައަޅާނީ 05 ދާއިރާ ވަކިން ޝޯޓްލިސްޓްވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހުއެވެ.