ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)225-CA/225/2025/33
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 16:45
ސުންގަޑި: 22 ޖުލައި 2025 16:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޫސުން ގޯސްވުމުގެ ސަބަބުން ނީލަން ކިޔުން ފަސްކުރުމާއި ގުޅޭ

މި ކައުންސިލްގެ ނަންބަރު: (IUL)225-CA/225/2025/28 އިޢުލާނުގައިވާ މި ކައުންސިލް އަދި ހއ.އަތޮޅު ސްޓޭޓް ހައުސްގައި ހުރި ބައު ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަން ކިޔުން މޫސުން ގޯސްވުމުގެ ސަބަބުން 2025 ޖުލައި 22 ވާ އަންގާރަ ދުވަހުގެ ހަވީރު 16:00ށް ފަސްކުރެވިފައިވާތީ ދެންނެވީމެވެ. ނީލަން ކިޔުން އޮންނާނީ ހއ.އަތޮޅު ސްޓޭޓް ހައުސް ގޯތިތެރޭގައެވެ. ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

    ވީމާ، ނީލަމުގައި ބައިވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ވަޑައިގެން ދެއްވުން އެދެމެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން މި ކައުންސިލަށް ވަގުތުން ފައިސާ ޖަމާކޮށްދެއްވުމަށްފަހު، 48 ގަޑިއިރުގެ ތެރޭގައި ތަކެތި ގެންދެވުން އެދެމެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ތަކެތި ނުގެންދަވައިފިނަމަ، އެ ތަކެތި ނައްތާލެވޭނެއެވެ.

    މިހެންވެ މިކަން ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.

18 ޖުލައި 2025