ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-CBF/309/2025/92
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 16:39
ސުންގަޑި: 21 ޖުލައި 2025 12:00
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އަތޮޅު ފުޓްސަލް މުބާރާތާއި ގުޅޭ

     މިއިދާރާގެ ނަންބަރު:(IUL)309-CBF/309/2025/88 (16 ޖުލައި 2025) ގެ އިއުލާނާއި ގުޅިގެން އެކި ހުށަހެޅުންތަށް ލިބެމުންދާތީވެ ރަށަށް ރީތިނަމާއި ޝަރަފު ހޯއްދަވައި ދެއްވުމުގެ މަތިވެރި މަޤުޞަދުގައި ރ.އަތޮޅު އަރުތަ ފުޓްސަލް، މުބާރާތުގައި ރަށް ތަމުސީލު ކުރުމުގެ ޝައުޤުވެރިކަން ހުރި ފަރާތްކަށް އިތުރު ފުރުޞަތު ދިނުމަށް ކައުންސިލުން ނިންމާފައިވާތީވެ މިކަން މައުލޫމާތަށްޓަކައި ދެންނެވީމެވެ.

     ފުޓްސަލް ޓީމުގައި ބައިވެރިވާން ޝައުގުވެރިވާ ޒުވާނުންނާއި ދަރިވަރުން ތިރީގައި މިވާ ގޫގުލް ފޯމް ފުރިހަމަ ކުރައްވާ 21 ޖުލައި 2025 ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. 18 އަހަރުން ދަށުގެ ކުދިންނާއި ސުކޫލް ކުދިންނަށް ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހެދިފައިވާ ޤަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ. މީގެ އިތުރުން އެކުއްޖަކު މުބާރާތުގައި ބައިވެރިވުމާއި މެދު ބެލެނިވެރިޔާ އަދި ސްކޫލް އިޢުތިރާޒް ނުކުރާކަމުގެ ލިޔުމެއް ކައުންސިލަށް ހުށަހެޅުމުންނެވެ.

     ފޯމް ލިންކު: https://forms.gle/CZki1KZBLEuqu5zu6

     މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.  

18 ޖުލައި 2025