ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV/2025/086
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 22:36
ސުންގަޑި: 22 ޖުލައި 2025 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

FSM-ADV/2025/086

މުވައްޒަފުން ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

                         

މަޤާމް:

އޮފިސަރ، ޕްރޮޖެކްޓް

ޑިޕާޓްމަންޓް/ސެކްސަން:

އިންޖިނިއަރިންގ

ބޭނުންވާ ޢަދަދު:

01

މަސައްކަތުގެ ބާވަތް:

-        ޕްރޮޖެކްޓްތައް ކުރިއަށްދާގޮތް ބެލެހެއްޓުން

-        ބައްދަލުވުމުގެ ޔައުމިއްޔާ ނެގުމާއި ލިޔެކިއުންތައް ފައިލް ކުރުމާއި އަރުޝީފްކުރުން

-        ގުޅުންހުރި ފަރާތްތަކުގެ މެދުގައި ރަސްމީ މުއާމަލާތްތައް ތައްޔާރުކުރުން

-        ޕްރޮޖެކްޓްތައް ހިގަމުންދާ ސައިޓް ތަކަށް ދަތުރުކުރެވުން

-        ގަންޓް ޗާޓްތަކާއި އެހެނިހެން ޕޮރޮޖެކްޓް ރިޕޯޓްތައް ހަދަން އެގުން

ޝަރުތުތައް:

-        ޖީ.ސީ.އީ އޯލެވެލް މަދުވެގެން 4 މާއްދާއިން ފާސްވެފައިވުން

-        ދިވެހި އަދި އިނގިރޭސިން ފަރިތަކަމާއެކު ލިޔަން ކިޔަން އެނގުން

-        މައިކްރޯސޮފްޓް އޮފީސް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން

-        SAP ސޮފްޓްވެއަރ އަދި އޮފީސް365 ބޭނުންކުރަން އެގުން

-        މަސައްކަތާއި ގުޅޭ ދާއިރާއަކުން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ

މަހު މުސާރަ:

11،000ރ އާއި 12،000ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް - އިންޖިނިއަރިންގ ޑިޕާޓްމަންޓް

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 22 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. (އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ).

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331510/3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

17 ޖުލައި 2025

 

 

17 ޖުލައި 2025