ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)491/491/2025/79
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 22:17
ސުންގަޑި:
24 އެޕްރީލް 2025 00:00
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލުކުރުމުގެ ގަވާއިދު ގެ ދެލިކޮޕީއަށް ޢާންމުންގެ ހިޔާލު ފާޅުކުރުމަށް ހުޅުވާލުން
ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު "ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލްކުރުމުގެ ގަވާއިދު" އަލުން އިސްލާޙުކޮށް އެކުލަވައިލައިފައިވާ ދެލިކޮޕީ މި ޢިއުލާނާއެކު އެއްކަރުދާސްކޮށް، ޚިޔާލު ފާޅުކުރުމަށް އާންމުކޮށް ފުރުޞަތު ހުޅުވާލާފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ، އިސްވެދެންނެވުނު ގަވާއިދުގެ ދެލިކޮޕީއަށް ޚިޔާލެއް ނުވަތަ ލަފައެއް އޮތްކަމުގައިވާނަމަ، މި އިޢުލާނާއެކު އެއްކަރުދާސްކޮށްފައިވާ "ހިޔާލު ފާޅުކުރާ ފޯމެޓު" ގައި ލިޔުއްވުމަށްފަހު، 24 ޖުލައި 2025 ވަނަ ދުވަހުގެ ނިޔަލަށް މި މިނިސްޓްރީގެ ކޮންސްޓްރަކްޝަން ރެގިއުލޭޝަންސް އެންޑް ސްޓޭންޑަރޑްޒް ސެކްޝަނުގެ އީ-މެއިލް [email protected] އަށް އީ-މެއިލްކޮށްދެއްވުން އެދެމެވެ.
އިޚްތިރާމް ޤަބޫލްކުރެއްވުން އެދެމެވެ.
17 ޖުލައި 2025