ދިވެހިރާއްޖެ
މި މިނިސްޓްރީގެ ނަންބަރު 491/491/2024/104 (IUL) (12 ސެޕްޓެމްބަރު 2024) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.
ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު 2019/R-1010 "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު" އަށް ގެންނަން ހުށަހަޅާ 7 ވަނަ އިސްލާޙުގެ ދެލިކޮޕީ މި ޢިއުލާނާއެކު އެއްކަރުދާސްކޮށް، އަލުން މި އިސްލާޙަށް ޚިޔާލު ފާޅުކުރުމަށް އާންމުކޮށް ފުރުޞަތު ހުޅުވާލާފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ، އިސްވެދެންނެވުނު ގަވާއިދުގެ އިސްލާޙަށް ޚިޔާލެއް ނުވަތަ ލަފައެއް އޮތްކަމުގައިވާނަމަ، މި އިޢުލާނާއެކު އެއްކަރުދާސްކޮށްފައިވާ "ހިޔާލު ފާޅުކުރާ ފޯމެޓު" ގައި ލިޔުއްވުމަށްފަހު، 24 ޖުލައި 2025 ވަނަ ދުވަހުގެ ނިޔަލަށް މި މިނިސްޓްރީގެ ކޮންސްޓްރަކްޝަން ރެގިއުލޭޝަންސް އެންޑް ސްޓޭންޑަރޑްޒް ސެކްޝަނުގެ އީ-މެއިލް [email protected] އަށް އީ-މެއިލްކޮށްދެއްވުން އެދެމެވެ.
އިޚްތިރާމް ޤަބޫލްކުރެއްވުން އެދެމެވެ.