ދިވެހިރާއްޖެ
އިޢުލާން ރަށުގައި އުފެދޭ ކުނި ވޭސްޓްމެނޭޖްމަންޓް ސެންޓަރއަށް ގެންދިއުމުގެ މަސައްކަތް ކުރުން ހެނބަދޫ ކައުންސިލް އިދާރާގެ ނަންބަރު (IUL)285-ESD/285/2025/54 އާއި ގުޅިގެން ރަށުގައި އުފެދޭ ކުނި ވޭސްޓްމެނޭޖްމަންޓް ސެންޓަރއަށް ގެންދިއުމުގެ މަސައްކަތްކުރުމަށް ކުރެވުނު އިޢުލާނަށް އެކަށީގެންވާ ވަރަށް ބީލަން ހުށަހަޅާފައިނުވާތީ، އިޢުލާން ބާޠިލްކޮށް އަލުން މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑުގައި ރަޖިސްޓްރީވެ، އެކަމަށްއެދި ހުށަހެޅުންވުން އެދެމެވެ. ބީލަމަށް އެދި ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. މިބިޑާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަންގައި ބައިވެރިވުމުގެ އިޚްތިޔާރު ރަޖިސްޓްރީވާ ބީލަންވެރިންނަށް ލިބިގެންވެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 22 މުޙައްރަމް 1447 |