ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު: ސެކިޔުރިޓީ އޮފިސަރ، މޮނިޓަރިންގ އެންޑް އިންސްޕެކްޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މި މަޤާމުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުގެ ތަފްސީލް މި އިއުލާން އާ އެޓޭޗް ކުރެވިފައިވާނެއެވެ.
މަޤާމު |
ސެކިޔުރިޓީ އޮފިސަރ، މޮނިޓަރިންގ އެންޑް އިންސްޕެކްޝަން |
ބޭނުންވާ އަދަދު |
11 |
ތަފްސީލް |
ވޯކް-އިން އިންޓަވިއު ތާރީޙާއި ގަޑި: 29 ޖުލައި 2025 ވާ އަންގާރަ ދުވަހުން ފެށިގެން 31 ޖުލައި 2025ވާ ބުރާސްފަތިދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެވެސް މެންދުރުފަހު 13:30 – 15:30އަށް ތަން: ހ. ފަތަންގުމާގެ ބިލްޑިންގ، 2 ވަނަ ފަންގިފިލާ |
ނޯޓް: މަތީގައިވާ ތާރީޚުތަކުގައި އެކަށީގެންވާ އަދަދަކަށް ތަރުހީބު ނުލިބޭ ނަމަ، ވޯކިން އިންޓަވިއުގެ ތާރީޚުތައް އިތުރުކޮށް މިކޯފަރޭޝަންގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާގައި އިއުލާން ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ވަޒީފާއަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކުގައިވާ އޮންލައިން ފޯމް ފުރުއްވައި ހުށަހެޅުއްވުން އެދެމެވެ.
https://forms.gle/TPc6XV8NTikCoXtw5
ވަޒީފާއަށް އެދި ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް:
- ސީވީ
- މުއްދަތު ހަމަނުވާ އައިޑީ ކާރޑް ކޮޕީ
- ޕޮލިސް ރިޕޯޓް (ހުށަހަޅަންވާނީ 01 މަސް ނުވާ ޕޮލިސް ރިޕޯޓެއް)
އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްތަކުގެ 08:00 – 16:00 އާ ދެމެދު މި ކޯޕަރޭޝަންގެ ނަންބަރު 7318778 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އިމެއިލަށް ލިޔުއްވުން އެދެމެވެ.