ދިވެހިރާއްޖެ
| Ireland Fellows Programme 2026/2027 | 
| 
 އަޔަލެންޑް ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "އަޔަލެންޑް ފެލޯސް ޕްރޮގްރާމް 2027/2026" ފެލޯޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ދިވެހިރާއްޖެއަށް ލިބިފައެވެ. 
 މި ޕްރޮގްރާމަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ފެލޯޝިޕް ދޭ ފަރާތުންނެވެ. މި ޕްރޮގްރާމްގެ އިތުރު މައުލޫމާތު މިއިޢުލާނާއެކު މިމިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކޮށްފައިވާ މަޢުލޫމާތު ޝީޓުން ލިބެންހުންނާނެއެވެ. ވީމާ، މި ޕްރޮގްރާމްގައި ބައިވެރިމުވަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ވެބްސައިޓް ލިންކް މެދުވެރިކޮށް 24 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. 
 ވެބްސައިޓް: https://www.irishaidfellowships.ie 
 ................................................................................................................. މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރަންވާނެއެވެ. 
 * މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރަންވާނެއެވެ. |