ވަގުތީ މަސައްކަތު މުވައްޒަފުންގެ ޕޫލް އެކުލަވާލުމަށް
 | 
| 
 މަރަދޫ އަވަށުގެ މިސްކިތްތަކުގެ މަސައްކަތު މުވައްޒަފުން ޗުއްޓީ އަދި ސަލާމް ބުނުމުން ބަދަލުގައި މުވައްޒަފުން ހަމަޖެއްސުމަށް ވޭޖް އެމްޕުލޯއިމަންޓް އުސޫލުން ޕޫލް އެކުލަވާލުމަށްޓަކައި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ. 
 | 
| 
 މަޤާމު 
 | 
 މަސައްކަތު 
 | 
| 
 މަޤާމުގެ ގިންތި އާއި މުއްދަތު: 
 | 
 ވަގުތީ (1 އަހަރު) 
 | 
| 
 ބޭނުންވާ އަދަދު 
 | 
 10 
 | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން: 
 | 
 މަރަދޫ އަވަށު އޮފީސް، މަރަދޫ / އައްޑޫ (މަރަދޫ އަވަށުގެ މިސްކިތްތަކުގައި) 
 | 
| 
 މަސައްކަތުގެ އުޖޫރަ 
 | 
 މަސައްކަތް ކުރާ ކޮންމެ ގަނޑިއަކަށް 45.00 ރުފިޔާގެ ރޭޓުން. 
 | 
| 
 މަސައްކަތުގެ ޝަރުތ:ު 
 | 
-  ލިޔަންކިޔަން އެނގުން.
 
-  ޢުމުރުން 65 އަހަރުވެފައިވާ މީހަކު ކަމުގައިނުވުން.
 
-  ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.
  
 
 | 
| 
 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
 | 
- މިއޮފީހުން ކަނޑައަޅާ ގޮތަށް  ކަނޑައަޅާ މިސްކިތެއްގައި ސުޕަވައިޒަރު އަންގާ ގޮތެއްގެމަތިން މިސްކިތްފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރުން. 
 
- ކޮންމެ ނަމާދުވަގުތެއްގެ 15މިނިޓް ކުރިން މިސްކިތުގެ ފާޚާނާއާއި އިސްކުރު ބަރި ސާފުކުރުން.
 
- ކޮންމެ ނަމާދުވަގުތެއްގެ 15މިނިޓް ކުރިން މިސްކިތުގެ ދޮރުތައް ހުޅުވުމާއި، ލައިޓްތައް ދިއްލުމާއި، ފަންކާހުންނަ ތަންތަނުގައި ފަންކާޖެހުން. އަދި ޖަމާއަތުގައި ނަމާދުކޮށް ނިމުމުން މީހުން ނެތް ދިމަދިމާލުގައި ހުންނަ ލައިޓްތަކާއި ފަންކާތައް ނިއްވައި ދޮރުތައް ލެއްޕުން.
 
- މިސްކިތުގެ ގޯތިތެރެ ކުނިކަހާ ސާފުކުރުން.
 
- މިސްކިތުގެ ގޯތި ތެރޭގައި ގަސްއިންދުމާއި ގަސްތަކަށް ފެންދީ ހެދުން.
 
- ގޯތި ތެރޭގައި އިންދައިގެން ހައްދާ ގަސްތަކުގެ އިތުރުން ގޯތިތެރެއިން ފަޅާ އެކިބާވަތްބާވަތުގެ ގަސްތައް ރީތިކޮށް ކޮށުމާއި ވިނަތައް ނޮޅާ ސާފުކޮށް ބެލެހެއްޓުން.
 
- އޮފީހުން ހަމަޖައްސާފައި އޮންނަ އިންތިޒާމެއްގެ ދަށުން މިސްކިތުން ނެގޭ ކުނި އުކުން.
 
- މިސްކިތުގައި އިންތިޒާމުކުރާ ދީނީ ނަސޭޙަތް ދިނުންފަދަ ކަންކަމުގައި ކުރަންޖެހޭ ކަންކަންކުރުން.
 
- މިސްކިތުގެ ހިފާ ގެންގުޅޭ ސާމާނު ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
 
- މިސްކިތުގައި ކުރަންޖެހޭ ކުދިކުދި މަރާމާތުތައް ކުރުން.
 
- މިސްކިތުގައި ހުރުމަތްކެނޑޭފަދަ ޢަމަލެއް ނުވަތަ އިޖްތިމާއީ މިންގަޑުތަކާއި ޚިލާފު ޢަމަލެއް މިސްކިތު ސަރަޙައްދު ތެރޭގައި ނުކުރުމާއި އެފަދަ ކަންކަން ބެލެހެއްޓުން.
 
- މިސްކިތް ބެލެހެއްޓުމާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުން.
 
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރަޓަރީޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން
 
- ކައުންސިލް އިދާރާގެ މަސައްކަތާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
 
  | 
| 
   
  
ހުށަހަޅަންޖެހޭ ލިޔުންތައް 
  
 | 
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
 
-  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު ހިމެނޭގޮތަށް).
 
-  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. ނުވަތަ، އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.     
 
-  ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
 
-  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
  
  | 
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް 
 | 
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން.
 
- މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާ.
 
- މަސައްކަތުގެ ހުނަރާއި ޤާބިލްކަން.
  
- އެހެން ވަޒީފާއެއް އަދާ ކުރާ މީހަކު ކަމުގައި ނުވުން.
 
  | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 
 | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ޖުލައި 24 ވާ ބުރާސްފަތި ދުވަހު 13:00 ގެ ކުރިން، މަރަދޫ އަވަށު އޮފީހަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ ބަލައިގަނެވޭނެއެވެ. 
 | 
| 
 އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު: 
 | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2025 ޖުލައި 30  އާއި 2025 އޮގަސްޓް 10  އާ ދެމެދު، މަރަދޫ އަވަށު އޮފީހުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. 
 | 
| 
 އިތުރު މަޢުލޫމާތު ހޯދުން 
 | 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6890096 ނަންބަރު ފޯނާއެވެ. 
 | 
| 
 22 މުޙަރަމް 2025 
17 ޖުލައި 2025 
 |