ދިވެހިރާއްޖެ
މިއިދާރާގެ އިޢުލާން ނަންބަރ: (IUL)417-IMS/417/2025/113 އިން ސަރުކާރުން ހޯނޑެއްދޫގައި ހިންގުމަށް ނިންމައިފަވާ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްގެ ތެރެއިން، ދިގުމުއްދަތަކަށް ބަހާލައިގެން އަގުއަދާކުރާގޮތަށް، އެމީހަކަށް ލިބިފައިވާ ގޯތީގައި (ބަންޑާރަ ނުވަތަ އަމިއްލަ)، 3 ކޮޓަރީގެ ހައުސިން ޔުނިޓްއަޅަން ޝަޢުގުވެރިކަން ހުރި ފަރާތްތަކުގެ މަޢުލޫމާތު ދެނެގަތުމަށް ވަނީ ހުޅުވައިލައިފައެވެ. ނަމަވެސް މިއިދާރާއިން 2 ޖުލައި 2025 ގައި އާންމުކުރި ބަންޑާރަގޯއްޗަށް އެދިހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް އެފުރުޞަތު ހަނިވާތީ، އެފަރާތްތަކަށް މިމަޝްރޫޢުގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުމަށް މި ކައުންސިލުން ވަނީ ނިންމައިފައެވެ.
ވީމާ، މިމަޝްރޫޢުގެ ދަށުން ހައުސިންގ ޔުނިޓް އިމާރާތް ކުރުމަށް ޝަޢުގުވެރިކަންހުރި ފަރާތްތަކުން، 22 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އިޢުލާނުގައިވާ އޮންލައިން ފޯމް މެދުވެރިކޮށް، މި ކައުންސިލަށް ހުށައެޅުން އެދެމެވެ.
އޮންލައިން ފޯމް ލިންކު: https://forms.office.com/r/ZWrK5EV5XD
މިހެންވެ މިކަން އާއްމުކޮއް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.