ދިވެހިރާއްޖެ
އަލަށް ހެދިފައިވާ އިމާރާތަށް ކަރަންޓު ގުޅުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުން
މި ސުކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މި ސުކޫލުގެ އައު އިމާރާތަށް ކަރަންޓް ގުޅައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު ނަންބަރު: 18/2014 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު: 19/2014 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ވިޔަފާރިތަކަށެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން، ސްކޫލްގެ އިދާރީ އޮފީހަށްވަޑައިގެން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްސީލު |
ތާރީޚް |
ގަޑި |
މައުލޫމާތު ސާފުކުރުން |
21 ޖުލައި 2025 (ހޯމަ) |
10:00 |
އަންދާސީ ހިސާބު ހުށައެޅުއްވުން |
29 ޖުލައި 2025 (އަންގާރަ) |
10:00 |
އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6780015 އާ ގުޅުއްވުން އެދެމެވެ.