މަސައްކަތް
ނަންބަރު: 137-IU/PR/2025/71
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 16:04
ސުންގަޑި: 24 ޖުލައި 2025 13:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައި.ޖީ.އެމް ހޮސްޕިޓަލުގެ އައިސޮލޭޝަން ވޯޑު ރިނޮވޭޓްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދައުވަތު

 

އިޢުލާން ނަމްބަރ:   137-IU/PR/2025 /71

ޕްރޮޖެކްޓް ނަމްބަރ: 137-PR/2025/W-11

 

ޕްރޮޖެކްޓްގެ ނަން:އައި.ޖީ.އެމް ހޮސްޕިޓަލުގެ އައިސޮލޭޝަން ވޯޑު ރިނޮވޭޓްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުން

 

      އައި.ޖީ.އެމް ހޮސްޕިޓަލުގެ އައިސޮލޭޝަން ވޯޑުގެ ރިނޮވޭޓްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް 24 ޖޫން 2025ގައި ކޮށްފައިވާ ނަމްބަރު 137-IU/PR/2025/54 އިޢުލާނަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، އެއިއުލާނު ބާތިލްކޮށް، އަލުން ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބިޑް ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް

މި ބީލަމުގައި ބައިވެރިވާ ފަރާތަކީ އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ހުއްދަ ލިބިފައިވާ، ދާއިމީގޮތެއްގައި ހިނގަމުންދާ ތަނެއް ކަމުގައިވާންވާނެއެވެ. އަދި ސަރުކާރުގެ ގަވާއިދާއި އެއްގޮތްވާގޮތުގެމަތިން، ސަރުކާރުގެ ތަންތަނަށް މަސައްކަތްކޮށް ދިނުމަށް އެެއްބާރުލުމަށް އެއްބަސްވާ ފަރާތެއްކަމުގައިވާންވާނެއެވެ.

  1. މިބީލަމުގައި ރަޖިސްޓްރީވުމަށް ކުންފުނީގެ ނަމާއި އެޑްރެސް، ރަޖިސްޓްރޭޝަން ނަމްބަރު އަދި  ފޯނު ނަމްބަރު އެގޭނެހެން 16 ޖުލައި 2025 ން ފެށިގެން  22 ޖުލައި 2025 އަށް ތިރީގައި ބަޔާންކޮށްފައިވާ އީމެއިލްއަށް، ފޮނުއްވުން އެދެމެވެ.

 

  1. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާ ބީލަންތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާތައް ބީލަމުގެ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާނެއެވެ. މިމަސައްކަތާއިބެހޭ އެންމެހާ ލިޔެކިޔުންތައް 16 ޖުލައި 2025 އިން ފެށިގެން މިހޮސްޕިޓަލުގެ ވެބްސައިޓް http://www.igmh.gov.mv/publications/tenders  އިން ޑައުލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތްތަކުގެ ޒިންމާއެވެ.
  2. މިބީލަމާ ބެހޭގޮތުން އިތުރު މައުލޫމާތު ދިނުން 17 ޖުލައި  2025ގެ 10:00ގައި ޕްރޮކިއުމަންޓް މީޓިންގ ރޫމްގައި އޮންނާނެއެވެ. މި ބައްދަލުވުމަށް ހާޟިރު ނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ފުރުސަތު ދެވެން ނޯންނާނެއެވެ.

 

  1. މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 21 ޖުލައި  2025 ގެ 14:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެސްތަކަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

  1. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 5,000.00 ރ (ފަސްހާސް ރުފިޔާ)ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންވާނެއެވެ. ބިޑު ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 90 ދުވަހެވެ.

 

  1. ބީލަން ހުޅުވުން އޮންނާނީ 24 ޖުލައި 2025 ވަނަ  ދުވަހު 13:00 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް މީޓިންގ ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާން ކޮށްފައިވާގޮތައް ސިޓީއުރައިގައި ބަންދުކޮށްފައެވެ.

 

  1. އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު: +960 3335349 ، +960 3335254

އީމެއިލް [email protected]

ކޮޕީ: [email protected]

    [email protected]

 

21 މުޙައްރަމް 1447

16 ޖުލައި  2025

16 ޖުލައި 2025