ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 13:26
ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބޭރު މަސައްކަތްތެރިންނާ ގުޅޭ ކަސްޓަމަރ ސަޕޯޓް ޚިދުމަތްތައް ދާޙިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއަށް ބަދަލުކުރުން

16 ޖުލައި 2025 ވަނަ ދުވަހުން ފެށިގެން، ބިދޭސީ މަސައްކަތްތެރިންނާ ގުޅުންހުރި އެންމެހައި ކަސްޓަމަރ ސަޕޯޓް ޚިދުމަތްތައް ވަނީ ރަސްމީކޮށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއަށް ބަދަލުކުރެވިފައެވެ.

1 ފެބްރުއަރީ 2025 ވަނަ ދުވަހުން ފެށިގެން، ކަސްޓަމަރުންނަށް ވުޒާރާގެ ފޮރިން ލޭބަރ ޑިޕާޓްމަންޓާ ސީދާ ގުޅުމަށް ވަންގަވް ކޯލް ސެންޓަރުގައި ޤާއިމްކުރެވިފައިވާ ވަކި އެކްސްޓެންޝަން ބޭނުންކުރެވެމުން ދިޔަނަމަވެސް،  16 ޖުލައި 2025 ވަނަ ދުވަހުން ފެށިގެން، ކަސްޓަމަރުންނަށް 1485 ނަންބަރު މެދުވެރިކޮށް ފޮރިން ލޭބަރ ޑިޕާޓްމަންޓާ ސީދާ ގުޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މީގެ އިތުރުން، ކުރިން ވަންގަވް ސަޕޯޓް ސެންޓަރު މެދުވެރިކޮށް ފޯރުކޮށްދެމުން އައި ބިދޭސީ މަސައްކަތްތެރިންނާ ގުޅުންހުރި ވޯކް-އިން ސަޕޯޓް ޚިދުމަތްތައް މިހާރު ލިބިވަޑައިގަންނަވާނީ ވޯޓަރފްރަންޓް ބިލްޑިންގްގައި ޤާއިމްކުރެވިފައިވާ ވުޒާރާގެ އައު ސަޕޯޓް ސެންޓަރުންނެވެ.

މި ބަދަލު ގެނެވިފައިވަނީ ސަރުކާރުން ޚިދުމަތް ފޯރުކޮށްދިނުމުގެ ފެންވަރު މަތިކުރުމަށާއި، ބިދޭސީ މަސައްކަތްތެރިންނާ ގުޅުންހުރި ކަންކަމުގައި އާންމުންގެ ސުވާލުތަކަށް އިތުރަށް ހަލުވިކަމާއެކު އަދި ފުރިހަމައަށް ޖަވާބުދާރީވުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިންނެވެ.

ބިދޭސީ މަސައްކަތްތެރިންނާ ގުޅުންހުރި ޚިދުމަތްތަކާ ބެހޭގޮތުން އެހީތެރިކަން ބޭނުންފުޅުވާ ނުވަތަ މަޢުލޫމާތު ހޯއްދެވުމަށް، ޖުލައި 2025 ވަނަ ދުވަހުން ފެށިގެން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއަށް ކަނޑައެޅިފައިވާ ޗެނަލްތައް މެދުވެރިކޮށް ގުޅުއްވުމަށް އިލްތިމާސްކުރަމެވެ.

މި ބަދަލުވުމުގެ މަރުޙަލާގައި ތިޔަ އެންމެހައި ބޭފުޅުންގެ އެއްބާރުލެއްވުމަށް ޝުކުރުވެރިވަމެވެ.

 

16 ޖުލައި 2025