ދިވެހިރާއްޖެ
2026 ވަނަ ދިރާސީ އަހަރު ފ.އަތޮޅު މަދަރުސާ އަށް ދަރިވަރުން ވެއްދުމަށް އެދޭފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ވީމާ، 31 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން '' 2026 ވަނަ ދިރާސީ އަހަރު ދަރިވަރުން ސްކޫލަށް ވައްދަން އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށް ފަހު މި އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ނޯޓް: ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުން ކުރިއަށްދާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 – 12:00 އަށެވެ.
ގްރޭޑް |
2026 ވަނަ ދިރާސީ އަހަރު ދަރިވަރުން ސްކޫލަށް ވެއްދުމާ އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގައި ޢުމުރު ބަލާގޮތް |
އެލް.ކޭ.ޖީ |
2025 ޑިސެމްބަރ 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން |
ޔޫ.ކޭ.ޖީ |
2025 ޑިސެމްބަރ 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން އަދި 2025 ދިރާސީ އަހަރު އެލް.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 2026 ދިރާސީ އަހަރު ( 27 ޖަނަވަރީ 2026 ގައި ފެށޭ ) ޔޫ.ކޭ.ޖީ އަށް ބަދަލުކުރެވޭނެއެވެ. |
ގްރޭޑް 1 |
2025 ޑިސެމްބަރ 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން އަދި 2025 ވަނަ ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 2026 ވަނަ ދިރާސީ އަހަރު ( 27 ޖަނަވަރީ 2026 ގައި ފެށޭ ) ގްރޭޑް 1 އަށް ބަދަލުކުރެވޭނެއެވެ. |
އެއްވެސް ދަރިވަރަކު ހިނގަމުންދާ ދިރާސީ އަހަރެއްގެތެރޭގައި އެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލުނުކުރެވޭނެއެވެ. |
|
އެލް.ކޭޖީ އަށް ދަރިވަރަކަށް ވަދެވޭނީ، ނިމުނު އަހަރުގެ ޑިސެންބަރު 31 އަށް ޢުމުރުން 4 އަހަރު ފުރިފައިވާ ދަރިވަރުންނަށް ކަމުގައި ކަނޑައަޅާފައި ވީނަމަވެސް ހިނގާ އަހަރުގެ 31 މާރިޗްގެ ނިޔަލަށް 4 އަހަރު ފުރޭ ކުދިންނަށް އެލް.ކޭ.ޖީއަށް ވަނުމުގެ ފުރުޞަތަށް ބެލެނިވެރިޔާ އެދިއްޖެނަމަ އެކުއްޖަކަށް ފުރުޞަތު ދެވިދާނެއެވެ. |