ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)330-A/330/2025/53
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި:
01 ސެޕްޓެންބަރު 2025 13:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކާށިދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް އެދި ހުށަހަޅާ ފޯމު އަދި އުސޫލަށް އިސްލާޙު ގެނައުމާއި ގުޅޭ
ކ. ކާށިދޫއިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމަށް، މާލެއަތޮޅު ކާށިދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 145 ވަނަ ޢާންމު ޖަލްސާއިން ފާސްކޮށް، 08 ޖުލައި 2025 ގައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޢާންމުކޮށްފައިވާ އުސޫލުގެ 16 ވަނަ މާއްދާއަށް އިޞްލާހުތައް ގެނައުމަށާއި، ގޯއްޗަށް އެދި ހުށައަޅުއްވާ ފޯމުގެ 2.4، 2.5، 2.6، 9، 10، 11 އަދި 12 ނަންބަރަށް އިސްލާޙު ގެނައުމަށް މާލެއަތޮޅު ކާށިދޫ ކައުންސިލުގެ 04 ވަނަ ދައުރުގެ 19 ވަނަ ކުއްލި ޖަލްސާއިން ވަނީ ފާސްކުރެވިފައެވެ. އަދި އިސްލާޙު ގެނެވިފައިވާ ފޯމު އަދި އުސޫލު ގެޒެޓްކުރެވިފައިވާނެއެވެ. މީގެ އިތުރުން، ކާށިދޫ ކައުންސިލްގެ ފޭސްބުކު ޕޭޖް އަދި ވައިބާރ ކޮމިއުނިޓީ ގްރޫޕްގައި ޢާންމުކުރެވިފައިވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިއުލާން ކުރީމެވެ.
15 ޖުލައި 2025