ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)365-CA/365/2025/90
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި:
23 ޖުލައި 2025 20:30
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2025 ޖުލައި މަހު ރައްޔިތުންގެ ބައްދަލުވުމުގެ ދައުވަތު
އިޢުލާން
ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު
ޤާނޫނު ނަންބަރު 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ޢުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރެއްގެ ޖުލައި މަހުގައި ރައްޔިތުންނާއެކު ޢާންމުކޮށް ހުޅުވާލައިގެން ކައުންސިލުން ބާއްވަންޖެހޭ ބައްދަލުވުމާއި، 107 ވަނަ މާއްދާގެ (ނ) ގެ ދަށުން އަހަރުގެ ދެވަނަ ކުއާޓަރގައި ބާއްވަން ޖެހޭ ބައްދަލުވުން 23 ޖުލައި 2025 ވަނަ ދުވަހުގެ ރޭ 20:30 ގައި މުލަކަތޮޅު އަތޮޅު ކައުންސިލްގެ "ފަހި މާލަމް" ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްވުން އެދި މުލީގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
ޖަލްސާގެ އެޖެންޑާ:
- 2025 ވަނަ އަހަރު ފުރަތަމަ 6 މަސްދުވަހު ހިންގި ހަރަކާތްތަކުގެ މަޢުލޫމާތު ދިނުން.
- 2025 ވަނަ އަހަރު ފުރަތަމަ 6 މަސްދުވަހުގެ ބަޖެޓްގެ މަޢުލޫމާތު ހިއްސާކުރުން.
- 2026 ވަނަ އަހަރުގެ މަސައްކަތު ތާވަލު ހިއްސާކުރުން.
- 2026 ވަނަ އަހަރުގެ ބަޖެޓްގެ މަޢުލޫމާތު ހިއްސާކުރުން.
- ކައުންސިލުން އަދި ސަރުކާރުން ރަށުގައި ހިންގާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު ހިއްސާކުރުން.
- ރައްޔިތުންގެ ހިޔާލު ހޯދުމާއި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުން.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާނުކުރީމެވެ.
14 ޖުލައި 2025