ދިވެހިރާއްޖެ
`
ފީވަކުސްކޫލް
ފީވައް / ދިވެހިރާއްޖެ ނަންބަރު:GS-108/IUL/2025/12
އިޢުލާން
ސެކިޔުރިޓީ ބެލެހެއްޓުމާބެހޭ
މި ސްކޫލުނެ ނަންބަރު: GS-108/IUL/2025/10 (15 އެޕްރީލް 2025) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީވެ، އެ އިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، 2025 ވަނަ އަހަރު މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާ ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ބީލަމާއިގުޅޭ މަޢުލޫމާތު ބީލަން ފޮތުގައިވާނެވެ.
ނަން ނޯޓްކުރުމަށް ހަމަޖެހިފައިވާ މުއްދަތު |
ނަން ނޯޓްކުރުމަށް ހަމަޖެހިފައިވާ ގަޑިތައް |
2025 ޖުލައިން 15 ން 21 އަށް |
ރަސްމީ ދުވަސްތަކުގެ 09:00 ން 13:00 އަށް |
- ސެކިޔުރިޓީ ބަލަހައްޓާ ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ދެންނެވިފައިވާ މުއްދަތުގައި ސްކޫލަށް ވަޑައިގެން ނުވަތަ ތިރީގައިވާ އީ މެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްތަދުގައި ނަންނޯޓް ކޮށްފައިވާ ފަރާތްތަކަށެވެ.
- ބީލަން ހުށަހެޅުމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޖުލައި 22 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އީ މެއިލަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
- މި ބީލަމާގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2025 ޖުލައި 23 ވާ ބުދަ ދުވަހުގެ 10:30 ގައި މިސްކޫލުގެ އޭ.ވީ ރޫމުގައެވެ.
- އަންދާސީ ހިސާބު ހެށަހެޅުން އޮންނާނީ 2025 އޮގަސްޓް 06 ވާ ބުދަ ދުވަހުގެ 10:30 ގައި މިސްކޫލް އޭ.ވީ. ރޫމުގައެވެ.
- މިޢުލާނާއެކު ބީލަންފޮތް އެޓޭޗްކުރެވިފައިވާނެވެ.
ފޯން: 6540543 / އީމެއިލް: [email protected]
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
19 މުޙައްރަމް 1447ހ.
14 ޖުލައި 2025މ.