ދިވެހިރާއްޖެ
ނަންބަރު: 258/258/2025/48(IUL)
އިޢުލާން
މިއަހަރުގެ މިނިވަންދުވަހާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ އަވެލި މޮޑުމުގެ ޙަރަކާތް ހިންގާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މިނިވަންދުވަހާއި ގުޅިގެން ހަނިމާދޫ ރައްޔިތުންނަށް ބޭއްވުމަށް ހަމަޖެހިފައިވާ އަވެލި މޮޑުމުގެ ޙަރަކާތް އިންތިޒާމްކޮށް، މިހަރަކާތަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 17 ޖުލައި 2025 (ބުރާސްފަތި) ދުވަހު 10:30 އަށް ހަނިމާދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމަށް ދުރުވެ އަންދާސީ ހިސާބު/ކޯޓޭޝަން ހުށައެޅުއްވުން އެދެމެވެ.
އަވެލި މޮޑެން ބޭނުންވާ ތަކެތި (500 މީހުންނަށް ވާ ވަރަށް)
- ރޮށި އަވެލި
- ދޮންކެޔޮ އަދި ގަބުޅި ހުނި
- ހަކުރު އަދި ވަޅޯމަސް (ކޮށާފަ)
- ރޯސް ވޯޓަރ (ފިނި ފެން)
- މިނެރަލް ވޯޓަރ (ބޯފެން)
- ޑިސްޕޯސަބަލް ކާތަށި (ޕްލާސްޓިކް)
އަންދާސީ ހިސާބު/ކޯޓޭޝަން ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބު/ކޯޓޭޝަނެވެ. އަންދާސީ ހިސާބު/ކޯޓޭޝަން ހުށައެޅުއްވުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. އަންދާސީ ހިސާބު/ކޯޓޭޝަން ހުށައެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ކްލަބް/ޖަމިއްޔާތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބު/ކޯޓޭޝަންތައް ހުށައެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
19 މުޙައްރަމް 1447
14 ޖުލައި 2025