ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)392-ADM/392/2025/36
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 11:01
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2025 ޖުލައިމަހުގެ ރައްޔިތުންގެ ބައްދަލުވުން

             ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރު 7/2010 ގެ 107 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކުން ބޭއްވުމަށް ލާޒިމުކުރާ ޖުލައިމަހުގެ ރައްޔިތުންގެ އާންމު ބައްދަލުވުން 2025 ޖުލައި 22 ވާ އަންގާރަ ދުވަހުގެރޭ 20:30 ގައި ވޭމަންޑޫ ސްކޫލްގެ އޭ.ވީ ރޫމްގައި އޮންނާނެއެވެ. މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ރަށުގެ އެންމެހައި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

 

މި ބައްދަލުވުމުގެ އެޖެންޑާ:

 

        * 2026 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި، ބަޖެޓް ހިއްސާކުރުން.

        * ރައްޔިތުންގެ ހިޔާލު ހޯދުމާއި، ސުވާލުތަކަށް ޖަވާބު ދިނުން.

14 ޖުލައި 2025