މަގާމު:
ބޭނުންވާ ޢަދަދު:
މަގާމުގެ ބާވަތް:
މަގާމުގެ ރޭންކް:
ސެކްޝަން / ޔުނިޓް:
އޮފީސް:
ވަޒީފާ އަދާކުރަންޖެހޭ ތަން:
މުސާރަ:
ސަރވިސް އެލަވަންސް:
ސްޕެޝަލް ޑިއުޓީ އެލަވަންސް
އިތުރު އިނާޔަތްތައް:
|
ޑިރެކްޓަރ / J-02
1 (އެކެއް)
ދާއިމީ
DMA6-1
ކޯޕަރޭޓް އެފެއާރޒް
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ
މަހަކު -/10035 ރުފިޔާ
މަހަކު -/4515.75 ރުފިޔާ
މަހަކު -/4515.75 ރުފިޔާ
1. މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
|
މަގާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- އެން.ޑީ.އެމް.އޭ އިދާރީ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް އިސްވެރިންގެ ލަފަޔާއި އިރުޝާދުގެ ދަށުން ކުރުމާއިއެކު، އޮފީސް ހިންގުމަށް ބޭނުންވާ މަސައްކަތްތައް ކުރުން.
- ކުއްލި ހާލަތުގައި / ކާރިސާއެއްގެ ސަބަބުން ދިމާވާ ކަންކަމުގައި މިއޮތޯރިޓީން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެކަންކަމުން ލިބޭ ގެއްލުން ކުޑަކުރުމާއި، އެފަދަ ކާރިސާތައް ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ އިންތިޒާމްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- އިމަރޖެންސީ، އެސިސްޓެންސް އެންޑް ރިކަވަރީ ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ބައްދަލުވުންތަކުން ނިންމާ ކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- މިއޮތޯރިޓީއަށް އަންނަ ސިޓީ ފަދަ ލިޔެކިއުންތަކުގެ ތެރެއިން މަސައްކަތާއި ގުޅޭ ލިޔެކިޔުންތަކަށް މެނޭޖްމަންޓް އިން ނިންމާގޮތެއްގެ މަތީން ޖަވާބު ދޭންޖެހޭ ފަރާތްތަކަށް ޖަވާބު ދެވުނުކަން ކަށަވަރު ކުރުން.
- އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ބޭނުންވާ ވަޞީލަތްތައް ދެނެގަތުމާއި، މި އޮތޯރިޓީއަށް ބޭނުންވާ ތަކެތި ހޯދުމުގައި މެނޭޖްމަންޓުން ނިންމާ ގޮތެއްގެ މަތީން ގަވާއިދުން ތަކެތި ހޯދުމުގެ މަސައްކަތް މުވައްޒަފުންލައްވާ ކުރުވުން.
- މިއޮތޯރިޓީގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ހަރުދަނާކުރުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދެނެގަނެ، މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ބެލުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވުމާއި އެފަދަ މަސައްކަތްތައް ހިންގާ ރޭވުން ކުރުން.
- އޮފީސް ހުޅުވާ ބަންދުކުރުމަށް ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް މުވައްޒަފުން އޮފީސް ހުޅުވާ ބަންދުކުރާ ތާވަލް ހަދާފައިވާކަން ކަށަވަރުކޮށް އޮފީސް ހުޅުވާ ބަންދުކުރުމުގެ ކަންކަން ހިނގާގޮތް ބެލެހެއްޓުން.
- ހިއުމަންރިސޯސް ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވެ އެ ކޮމިޓީއަށް ހުށައެޅޭ ކަންކަން ބަލައި ނިންމަންޖެހޭ ކަންކަން ގަވާއިދުން ކޮމިޓީން ބަލައި ނިންމުމުގެ މަސައްކަތް ކުރަމުން ގެންދިއުން.
- އެން.ޑީ.އެމް.އޭގެ އަހަރީ ބަޖެޓާއި ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އަހަރީ ރިޕޯޓާއި މާލީ ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
- އޮފީހުގެ މާހައުލަކީ މުވައްޒަފުންނަށް މަސައްކަތަށް ފަހި މާހައުލަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ރާވާ، ކަމާ ގުޅޭ އެހެނިހެން މުވައްޒަފުންނާ މަޝްވަރާކޮށް އެކަންކަން ފުރިހަމަ ކުރުމަށް މަސައްކަތް ކުރުން
- އޮފީހުގެ އެކިއެކު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި، ޕްރޮސީޖަރތަކާއި، އުޞޫލުތަކާ އެއްގޮތަށް އޮފީހުގެ މަސައްކަތްތައް އިސްވެރިންގެ ލަފަޔާއި އިރުޝާދުގެ ދަށުން ކުރުން.
|
މަގާމުގެ ޝަރުތުތައް:
|
- މަސައްކަތާ ގުޅުންހުރި ދާއިރާއަކުން (އެޑްމިނިސްޓްރޭޝަން، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، ހިންގުމުގެ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ޖުމްލަ 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- މަސައްކަތާ ގުޅުންހުރި ދާއިރާއަކުން (އެޑްމިނިސްޓްރޭޝަން، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، ހިންގުމުގެ ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ޖުމްލަ 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
ވަޒީފާތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (އިޢުލާނާއި އެޓޭޗްކޮށްފައި)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) މަތީތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
7. ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއްގައި ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީން އަދި ތަޖުރިބާއަ ލިބިފައިވާ މިންވަރު %45
- ލިބިފައިވާ މަސައްކަތުގެ ހުނަރާއި، (އިންޓަރވިޔު/ޕްރެޒެންޓޭޝަން/ ޕްރެކްޓިކަލް) ފެންވަރާއި ޤާބިލްކަމާއި ސިފަތައް %55
|
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
މަގާމުތަކަށް އެދި ހުށައަޅާންޖެހޭ ތަކެތި ހުށައަޅާނީ 22 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށް ހުށައަޅާނަމަ ހުށައަޅާ ހުރިހާ ލިޔެކިޔުންތައް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލެކެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓް ލިސްޓް ކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.
|
އިމްތިޚާނާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 03 އޮގަސްޓު 2025 އިން 07 އޮގަސްޓު 2025 އާ ދެމެދު، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް" އާންމުކުރުން:
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ މި މަޢުލޫމާތު ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ނަންބަރު 3333425،3333456 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|