ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)219-CS/1/2025/20
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 14:39
ސުންގަޑި: 31 ޖުލައި 2025 13:00
މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލުގެ 12 ވަނަ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، "12 ވަނަ ނޫސްވެރިކަމުގެ އިނާމު" އަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު 13 ޖުލައި 2025 ވާ އާދީއްތަ ދުވަހުން ފެށިގެން ހުޅުވައިލައިފީމެވެ. އިނާމު ދިނުމަށް ކަނޑައެޅިފައިވާ ކެޓަގަރީތަކާއި ދާއިރާތަކަކީ: 

ކެޓަގަރީތައް:

(1)    ނޫސްމަޖައްލާ ކެޓަގަރީ

(2)    އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީ

ދާއިރާތައް:

(1) ތަޙްޤީޤީ ނޫސްވެރިކަމުގެ ދާއިރާ

(2) އިޖުތިމާޢީ ދާއިރާ

(3) ސިޔާސީ ދާއިރާ

(4) ޝަރުޢީ ދާއިރާއާއި ޤާނޫނީ ދާއިރާ

(5) ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ

(6) ކުޅިވަރުގެ ދާއިރާ

(7) ފޮޓޯ ޖާރނަލިޒަމްގެ ދާއިރާ

(8) ޑޮކިއުމަންޓްރީގެ ދާއިރާ

(9) ފީޗަރ ރިޕޯޓުގެ ދާއިރާ

(10) ލައިފްސްޓައިލާއި، މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ

(11) ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާ

(12) އުންމީދީ ނޫސްވެރިޔާގެ އިނާމު

(13) އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު

(14) ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު

މި އިނާމުތަކަށް ކުރިމަތިލާނީ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ތައްޔާރުކޮށް މި އިޢުލާނާއެކު އާންމުކޮށްފައިވާ ގޫގަލް ފޯމް (https://bit.ly/40BzFNJ) މެދުވެރިކޮށެވެ. އިނާމަށް އެދި ހުށަހަޅާ ހުށަހެޅުންތަކަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް މި އިޢުލާނާއެކު އާންމުކޮށްފައިއެވަނީއެވެ. އަދި "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" މިހާރުވާނީ ގެޒެޓްކޮށްފައެވެ.

ވީމާ، މި އިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުން 31 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން، އިނާމަށް އެދި ހުށަހަޅާ ފޯމް ހުށަހެޅުއްވުން އެދެމެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު، މިކައުންސިލްގެ 3003995 ނުވަތަ 7967919 ނަންބަރު ފޯނުން ލިބޭނެއެވެ.

18‎‎ مُحَرَّم 1447

13 ޖުލައި 2025

13 ޖުލައި 2025