ދިވެހިރާއްޖެ
2025ވަނަ އަހަރު މި އެކެޑަމީން ބާއްވާ އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 38ވަނަ ޤައުމީ މުބާރާތް – 2025ގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވައިލައިފައެވެ.
(ހ) މި މުބާރާތް ބެހިފައިވަނީ ތިރީގައި މި ވާ 2 ބަޔަށެވެ.
ވާހަކަދެއްކުމުގެ ބައި
1.1 އިސްކޫލުތަކުގެ ބައި
ހ. ދަށު ސާނަވީ ގިންތި (ކީ ސްޓޭޖް 3)
ށ. ސާނަވީ ގިންތި (ކީ ސްޓޭޖް 4)
ނ. މަތީ ސާނަވީ ގިންތި (ކީ ސްޓޭޖް 5)
1.2 އަމިއްލަ ފަރާތްތަކުގެ ބައި
ހ. 18 އަހަރުން ދަށުގެ އުމުރުފުރާ
ށ. 18 އަހަރުން މަތީގެ އުމުރުފުރާ
ބަހުސްކުރުމުގެ ބައި (16 އަހަރުން މަތި)
2.1 އޮފީސް/ކުންފުނި/ކުލަބު/ޖަމުޢިއްޔާ/ޖަމާޢަތްތައް/ޔުނިވަރސިޓީ/ކޮލެޖު/އިންސްޓިޓިއުޓް/އެކެޑަމީ/ އަމިއްލަ ޓީމުތަކުގެ ބައި
(ށ) މި މުބާރާތް ބޭއްވުމަށް ތާވަލުކުރެވިފައިވާ ތާރީޚަކީ 2025 އޮގަސްޓު 25އިން ސެޕްޓެންބަރު 13އަށެވެ.
(ނ) މުބާރާތުގެ އިސްކޫލުތަކާއި އަމިއްލަ ފަރާތްތަކުން ވާހަކަދައްކާނެ މައުޟޫޢުތައް މުބާރާތުގެ އެ އުމުރުފުރާއެއްގެ ވާހަކަދެއްކުން ފެށުމުގެ މަދުވެގެން 7 ދުވަސް ކުރިން އާންމުކުރާނެއެވެ.
(ރ) މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެ ކަމަށް އެދި، ތިރީގައިވާ ލިންކުތަކުން ފޯމު ފުރިހަމަކުރުމަށް ފަހު، 2025 އޮގަސްޓު 17 ވާ އާދިއްތަ 13:00ގެ ކުރިން ހުށަހަޅަންވާނެއެވެ.
މުބާރާތުގެ ބައިވެރިވާން އެދޭ ފޯމުގެ ލިންކުތައް:
ވާހަކަދެއްކުމުގެ ބައި (އިސްކޫލުތަކުގެ ބަޔާއި އަމިއްލަ ފަރާތްތަކުގެ ބައި):
https://forms.gle/QXNPCiyvvWhNd2pZA
ބަހުސްކުރުމުގެ ބައި (16 އަހަރުން މަތި)
އޮފީސް/ކުންފުނި/ކުލަބު/ޖަމުޢިއްޔާ/ޖަމާޢަތްތައް/ޔުނިވަރސިޓީ/ކޮލެޖު/އިންސްޓިޓިއުޓް/އެކެޑަމީ/އަމިއްލަ ޓީމުތަކުގެ ބައި
https://forms.gle/LDttWwdxgfzo9CdS6
(ބ) މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް މެއިލްކުރައްވާނީ [email protected] އަށެވެ.
(ޅ) މި މުބާރާތުގެ ގަވާއިދާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް، މި އެކެޑަމީގެ ވެބްސައިޓު www.dhivehiacademy.edu.mv ން ލިބެން ހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު މި އެކެޑަމީގެ ނަންބަރު 7772816ން ލިބޭނެއެވެ.