ދިވެހިރާއްޖެ
ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށްޓަކައި ކަސްރަތަށް އަހުލުވެރިކުރުވުމުގެ ގޮތުން 18 (އަށާރަ) އަހަރުން މަތީގެ އުމުރުފުރާތަކަށް ބައިވެރިވެވޭ ގޮތަށް، ސްޕޯޓްސް ކައުންސެލަރ މެދުވެރިކޮށް ހިންގާ "ދުޅަހެޔޮ ހަށިހެޔޮ" މޫދު ކަސްރަތު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.
ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރުއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ރ.މަޑުއްވަރީ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ.
މޫދު ކަސްރަތު ޕްރޮގްރާމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މި ކައުންސިލުގެ ވަރަށް ބޮޑު އެދުމެކެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
18 A 1447
13 ޖުލައި 2025