ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)315-HR/315/2025/103
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 11:07
ސުންގަޑި: 17 ޖުލައި 2025 12:00
މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް އޮފިސަރ

އިޢުލާން     

މި އިދާރާއަށް ވޭސްޓް މެނޭޖްމަންޓް އޮފިސަރ ބޭނުންވާތީ އެ ފުރުޞަތު ހުޅުވާލަމެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމް

ވޭސްޓް މެނޭޖްމަންޓް އޮފިސަރ

މަޤާމުގެ ނަންބަރު

-

ބޭނުންވާ ޢަދަދު

 01 (އެކެއް)

މަޤާމުގެ ގިންތި

ކޮންޓްރެކްޓް (01 އަހަރު)

މަޤާމުގެ ރޭންކް

-

މަޤާމުގެ ކްލެސިފިކޭޝަން

-

ވަޒީފާ އަދާކުރަންޖެހޭ ތަން

މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ

މުސާރަ

-/3100 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް

-/1000 ރުފިޔާ (މަހަކު)

ސަޕޯޓިންގް އެލަވަންސް

-/1200 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް

-/1700 ރުފިޔާ (މަހަކު)

މަޤާމުގެ މައިގަޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ގޭގެއިން ނަގާ ސެންޓަރަށް ގެންދާ ކުނިގެ ބާވަތްތައް ވަކި ކުރުމުގެ މަސައްކަތްކުރުން (ފަތްކުނި، ދަގަނޑު، ޕްލާސްޓިކް، ބިއްލޫރި، ނެޕީ، ދަޅުފުޅި ފަދަ ކުނި)
  2. ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި މުވައްޒަފުގެ އަމިއްލަ ރައްކާތެރި ކަމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާ ކަށަވަރު ކުރުން.
  3. ކުނި އަންދާއިރު ވައި ހުރިގޮތަށް ބަލާ (ރަށު ތެރެއަށް ދުން ނުދާނެގޮތަށް) އަލިފާން ރޯކުރުން.
  4. ކުނި އެންދުމަށް އަލިފާން ޖަހާފައިވަނިކޮށް ވައި ބަދަލުވެ ރަށުތެރެއަށް ދުން ދާނަމަ އެހެން

   މުވައްޒަފުންގެ އެހީތެރިކަމާއިއެކު، އަލިފާންގަނޑު ނިންވާލުން.

  1. ކުނި ކޮށީގައި ބޭނުންކުރުމަށް ދޫކޮށްފައިވާ ތަކެތި ޤަވާޢިދުން ބެލެހެއްޓުން، އަދި ތަކެއްޗަށް ލިބޭ

   ގެއްލުމުގެ މަޢުލޫމާތު ކައުންސިލާއި ހިއްސާ ކުރުން.

  1. އިޖުތިމާޢީ ގޮތުން ކުރާ މަސައްކަތްތަކުގައި ޙަރަކާތްތެރިވުން.
  2. ޚާއްސަ މުނާސަބާތްތަކާއި، މުބާރާތްތަކާއި، އެހެނިހެން ޙަރަކާތްތަކުގައި ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ދިނުން. އަދި އެފަދަ މުނާސަބަތު ތަކުގައި އުފެދޭ ކުނި ނަގާ ސާފުކުރުން.
  3. ކައުންސިލުން އެދޭ ކަންކަމުގައި ފުރިހަމައަށް އެއްބާރުލެއްވުމާއި އެހީތެރިކަން ދިނުން.

މަޤާމުގެ ޝަރުޠު

  1. އަސާސީ ތަޢުލީމް ފުރިހަމަކޮށްފައިވުން.
  2. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ އަދި ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކަށްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ކައުންޓަރުން ލިބެންހުންނާނެއެވެ.)  
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް( ދެ ފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ޖުލައި 2025 ގެ 12:00 ގެ ކުރިން ކެންދޫ ކައުންސިލް އިދާރާ އަށް ނުވަތަ އީމެއިލް ([email protected]) މެދުވެރިކޮށެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހެއްގެ ޢަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 18 ޖުލައި 2025 އާއި 24 ޖުލައި 2025 އާއި ދެމެދުގައި ކެންދޫ ކައުންސިލް އިދާރާގައެވެ.

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6600004 ނަންބަރު ފޯނާއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

18 މުޙައްރަމް  1447

13 ޖުލައި    2025

13 ޖުލައި 2025