ޢާންމު މަޢުލޫމާތު
ނަންބަރު: O6C-B/2025/13
ޕަބްލިޝްކުރި ތާރީޚް: 10 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 09:16
ސުންގަޑި: 17 ޖުލައި 2025 14:00
ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އަގު ކޮމެޓީގެ ދަފްތަރަށް މެމްބަރުން ހޯދުން

އަގު ކޮމެޓީގެ ދަފްތަރަށް މެމްބަރުން ހޯދުން

މިކޯޓުގެ ނަންބަރު 2025/O6C-CIV-31 (ގޯތި ބައިކުރުން) ޤަޟިއްޔާއާއި ގުޅިގެން އަގުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އަގު ކޮމެޓީގެ މެމްބަރުންގެ ދަފްތަރެއް ޝަރުޢީ އަގުކުރުމާބެހޭ ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ނ)ގެ ދަށުން އެކުލަވާލަން ބޭނުން ވެއެވެ. އަގުކުރުމުގެ މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނަށް ދުވާލަކަށް -/300ރ (ތިންސަތޭކަ ރުފިޔާ) އުޖޫރައެއް ދެވޭނެއެވެ. އުޖޫރަދެވޭނީ މަސައްކަތް ކުރާ ދުވަހަކަށެވެ.

 ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ޖުލައި 2025މ. ވަނަ ދުވަހުގެ 14:00ގެ ކުރިން ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅުއްވާއިރު ތަޢުލީމީ ފެންވަރު ސާފުވާނެ ސެޓްފިކެޓެއް ނުވަތަ މަސައްކަތުގެ ތަޖުރިބާ ސާފުވާނެ ލިޔުމެއްގެ ކޮޕީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހެޅުއްވުން އެދެމެވެ. މި ކޯޓުގެ އީ-މެއިލް [email protected] އަށް މެއިލް ކުރައްވާ ސިޓީއާއި ލިޔުންތައް އެއް ޕީ.ޑީ.އެފް (PDF) ފައިލެއްގެ ގޮތުގައި ފޮނުއްވުން އެދެމެވެ.

 

                      ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

10 ޖުލައި 2025މ.

15 މުޙައްރަމް 1447ހ.

10 ޖުލައި 2025