ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (IUL)420-PM/420/2025/32
                    ޕަބްލިޝްކުރި ތާރީޚް: 10 ޖުލައި 2025
                    ޕަބްލިޝްކުރި ގަޑި:  22:22
                    
                ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ޖުލައިމަހު ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމުގެ ދަޢުވަތު
                                ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (2010/7) ގެ 107 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކު ޖުލައިމަހު ރަށު ކައުންސިލްތަކުން އެރަށެއްގެ ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުން، ގދ. ރަތަފަންދޫ ކައުންސިލްގެ ފަރާތުން 17 ޖުލައި 2025 ވާ ބުދަ ދުވަހުގެ ރޭ 8:30 ގައި ރަތަފަންދޫ ސުކޫލް ހޯލުގައި އޮންނާނެއެވެ. މިބައްދަލުވުމުގައި 2026 ވަނަ އަހަރުގެ ކައުންސިލްގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ޚިޔާލު ހޯދުން އޮންނާނެއެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރާ 2026 ގެ ޑްރާފްޓް ބަޖެޓް އަދި އެކްޓިވިޓީ ޕްލޭން މި އިޢުލާންއާއި އެކީ އެއްހީރަސްކުރެވިފައި އެވަނީއެވެ.
ވީމާ، މި ބައްދަލުވުމުގައި ރަތަފަންދޫގެ ވީހާ ގިނަ ރައްޔިތުން ބައިވެރިވެ ވަޑައިގެންދެއްވުން އެދި ދަޢުވަތު އެރުވީމެވެ.
                10 ޖުލައި 2025