ދިވެހިރާއްޖެ
އިޢުލާން
ހެލްތު ކައުންސިލު (އެލައިޑް ހެލްތު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް އަދި ނާރސިން ކައުންސިލު) ތަކުގެ ވެބް ބޭސްޑް ޑިޒައިން ސޮފްޓްވެއަރ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް (IUL)23-PD(PMS)/23/2025/82(23 އޭޕްރިލް 2025) ކުރި އިޢުލާނާއި ގުޅިގެން މަސައްކަތުގެ ސްކޯޕަށް ބައެއް ބަދަލުތައް ގެނައުމަށް ބޭނުންވާތީވެ މިއިޢުލާން ބާތިލްކޮށް އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 21 ޖުލައި 2025 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 29 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 22 ޖުލައި 2025 ވާ އަންގާރަ ދުވަހު މެންދުރުފަސް 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
15 މުޙައްރަމު 1447ހ