ބީލަން
ނަންބަރު: (IUL)328-ESD/328/2025/109
ޕަބްލިޝްކުރި ތާރީޚް: 10 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 15:58
ސުންގަޑި: 30 ޖުލައި 2025 13:30
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާދިއްޕޮޅު ކުރެންދޫ ކައުންސިލް އިދާރާގެ ކުރީގެ މީޓިންގ ރޫމް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

          ފާދިއްޕޮޅު ކުރެންދޫ ކައުންސިލް އިދާރާގެ ކުރީގެ މީޓިންގ ރޫމް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިމަސައްކަތް އަމިއްލަ

ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރީ ކުރައްވާ، މަޢުލޫމާތު ސާފްކުރެއްވުމަށް ފަހު މިއިދާރާއަށް

ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ޕްރީބިޑް މީޓިންގ އޮންނާނީ 20 ޖުލައި 2025ވާ އާދިއްތަ ދުވަހުގެ 11:00ގައި މިއިދާރާގައެވެ. މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކާއިއެކު

މަޢްލޫމާތު ސާފްކުރުން އޮންނާނީ ޕްރީ ބިޑް މީޓިންގގައެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 17 ޖުލައި 2025ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް ވަޑައިގެން، ނުވަތަ އީމެއިލް މެދުވެރިކޮށް

ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ފޮނުވާނީ [email protected] އަށެވެ.

ރަޖިސްޓްރީ ކުރަން ފޮނުވާ މެއިލްގައި ހިމަނަން ޖެހޭ މަޢުލޫމާތު:

1-    އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

2-    ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ނަން

3-    ގުޅޭނެ ފޯނު ނަންބަރު

4-    އީމެއިލް އެޑްރެސް

5-    މެއިލް ފޮނުވާފަރާތުގެ ނަމާއި ޙައިސިއްޔަތު

ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީއަކާއި ޕްރީބިޑް މީޓިންގގައި ބައިވެރިވެލައްވާ ފަރާތުގެ އައިޑެންޓިޓީ ކާޑްގެ ސާފް ފޮޓޯކޮޕީއެއް

މެއިލްއާއިއެކު އެޓޭޗް ކުރަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 30 ޖުލައި 2025ވާ ބުދަ ދުވަހުގެ 13:30ގައި މިއިދާރާގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާއަށް

އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ ރަސްމީގަޑީގައި 6620462 ނަމްބަރު ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން

އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

10 ޖުލައި 2025