ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)385/385/2025/21
ޕަބްލިޝްކުރި ތާރީޚް: 10 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 10 ޖުލައި 2025 00:00
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުސޫލް ( ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ )

ކޮޅުމަޑުލު ދިޔަމިގިލީގެ ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުސޫލު

 

ތަޢާރަފާއި ނަން

1ޕ.

(ހ)

މި އުސޫލަކީ، ޤާނޫނު ނަންބަރު 07/2010 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ޢުޞޫލުން ހިންގުމުގެ ޤާނޫނު ) ގެ 51 ވަނަ މާއްދާގެ (ށ) އިން ބާރުލިބިގެން އަދި ކުނި މެނޭޖުކުރުމުމާބެހޭ ޤަވާޢިދު 2013 ( ގަވާޢިދު ނަމްބަރ:2013-R-1676  – 30 ޑިސެމްބަރު 2013 ) ދަށުން އެކުލަވާލެވިފައިވާ   ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުސޫލެކެވެ.

 

 

 

 

(ށ)

މި އުސޫލަށް ކިޔަނީ '' ކޮޅުމަޑުލު ދިޔަމިގިލީގެ ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުސޫލު'' އެވެ.

 

މަޤްޞަދު

2.

 

ކޮޅުމަޑުލު، ދިޔަމިގިލީ ގައި އުފެދޭ ކުނި ރައްކާތެރިގޮތުގައި ނައްތާލުމުގެ ޙިދުމަތް ކޮޅުމަޑުލު ދިޔަމިގިލީގެ ރައްޔިތުންނަށް ދެމެހެއްޓެނެވި އަދި ހަމަހަމަ އުޞޫލަކުން ފޯރުކޮށްދިނުމެވެ.

 

ޢަމަލު ކުރަންފެށުން

3.

(ހ)

 

 

(ށ)

 

 

 

 

(ނ)

މި އިއުސޫލަށް ޢަމަލު ކުރަން ފަށާނީ، މި އުޞޫލު ކޮޅުމަޑުލު  ދިޔަމިގިލީކައުންސިލުން ފާސްކޮށް އިޢުލާނު ކުރާ ދުވަހުން ފެށިގެންނެވެ.

 

މި އުޞޫލަށް އިސްލާހެއް ގެންނަ ނަމަ، އެ އިސްލާހެއް ކޮޅުމަޑުލު  ދިޔަމިގިލީ ކައުންސިލުން ފާސްކޮށް ޢާއްމުކުރާ ދުވަހުން ފެށިގެން މި އުޞޫލަށް އަމަލުކުރެވޭނީ އެ ގެނެވުނު އިސްލާހަކާ އެއްގޮތަށެވެ.

 

މި އުޞޫލާއި ޚިލާފަށް އެއްވެސް ފަރާތަކުން ކުނި އުކުމާއި ކުނި ނައްތާލުމަކީ މަނާކަމެވެ.

 

 

 

 

ކުރީގައި ހިނގާފައިވާ ކަންކަމަށް މިއުސޫލް ހިންގުން

4.

 

މިއުސޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ކަންކަމުގެ މައްޗަށް މި އުސޫލެއް ނުހިންގާނެއެވެ. ނަމަވެސް މިއުސޫލަށް ޢަމަލު ކުރަން ފެށުމަށްފަހު މިއުސޫލުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މިއުސޫލްގެ ދަށުން ހިނގާނެއެވެ.

 

ކުނިގޮނޑު ކަނޑައެޅުން

5.

(ހ)

 

 

(ށ)

 

 

މިއުސޫލަށް ޢަމަލުކުރަން ފެށުމާއިއެކު ކުނިއުކާލަންވާނީ ރަށު ކައުންސިލުން ކުނިއުކުމަށް ކަނޑައަޅާފައިވާ ކުނިކޮށި ނުވަތަ ކައުންސިލުން ކުނިއުކުމަށް ކަނޑައަޅާ ސަރަހައްދަކަށެވެ.

 

އެ ސަރަހައްދަކަށް އެޅުމަށް ޙާއްސަކުރެވިފައިވާ ކުނީގެ ބާވަތެއް ފިޔަވައި، އެހެން ބާވަތެއްގެ ކުނި އެސަރަހައްދަކަށް އަޅައިގެން ނުވާނެއެވެ. މި ގޮތުން، ކުނީގެ  ބާވަތްތަކާއި، ކުނި އެޅުމަށް ކަނޑައެޅޭ ސަރަހައްދުތައް ކައުންސިލުން އާއްމުކޮށް އިޢްލާނު ކުރާނެއެވެ.

 

ވަކި ބާވަތެއްގެ ކުނި އެޅުމަށް ކަނޑައެޅިފައިވާ ތަނަކަށް އެނޫން ބާވަތެއްގެ ކުނި އަޅައިފިނަމަ އަދި ކުނި އުކަން މި މާއްދާގެ (ހ)  ގެ ދަށުން ކަނޑައަޅާފައިވާ ތަންތަން ނޫން އެހެން ތަނަކަށް  ކުނި އަޅައިފިނަމަ މިއުޞޫލާއި ޚިލާފުވީކަމަށް ބަލައި މި އުޞޫލުގެ 13 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތިން ޢަމަލުކުރެވޭނެއެވެ.

 

ކުނި ވަކިކުރުން

6.

(ހ)

 

 

 

 

 

 

 

 

 

 

 

 

 

 

ކުނި ގޮނޑަށް ގެންދާ ކުނި ހުންނަން ޖެހޭނީ ތިރީގައި މިދަންނަވާ ގޮތުގެ މަތިން ވަކިކުރެވިފައެވެ.

-           ގޯތިގެދޮރު ކުނިކެހުމަށްފަހު އެއްކުރެވޭ ފަތްކުނި އަދި  ކުދިކުނި (ވެއްޔާއެކު ނެގޭ ކުނި)

-          ބިއްލޫރި ފުޅި (މި ބާވަތްތައް އުކާލުމަށް ޙަވާލުކުރެވޭއިރު ހުންނަންވާނީ ކުނިވެ، މެހި، ފުޅަ، ފަދަ އެއްޗެހި ނާޅާގޮތަށް ދޮވެ ސާފުކުރެވިފައެވެ.(

-          ދަޅުގެ ބާވަތްތައް (މި ބާވަތްތައް އުކާލުމަށް ޙަވާލުކުރެވޭއިރު ހުންނަންވާނީ ކުނިވެ، މެހި، ފުޅަ، ފަދަ އެއްޗެހި ނާޅާގޮތަށް ދޮވެ ސާފުކުރެވިފައެވެ.(

-          ދަގަނޑުގެ ބާވަތްތައް

-          ފަތްކުނޑިއާއި ކަރުދާސްފޮށި

-          ރުއް ގަސް ކޮށައިގެން ނުވަތަ ސާފުކޮށްގެން އުކާލަންޖެހޭ ކުނި

-          ބެޓެރީގެ ހުރިހާ ބާވަތެއް

-          ޕްލާސްޓިކުގެ ބާވަތްތަކާއި ރަބަރު

-          ފޮތީގެ ބާވަތްތައް

 

ކުނިއުފުލުން

7.

(ހ)

ކުނި ގޮނޑަށް ނުވަތަ އެނޫންވެސް ތަނަކަށް ކުނި ގެންދަންވާނީ ޢާންމުންނަށް އުނދަގޫ ނުފޯރާ ގޮތަށް ރަނގަޅަށް ނިވައިކުރެވިގެންނެވެ. މީހެއްގެ އަތުންވިޔަސް ނުވަތަ ކުނިއުލުފާ ޚާއްސަ އުޅަނދެއް، ނުވަތަ ލޯރީ ނުވަތަ ޕިކަޕު، ނުވަތަ ގާޑިޔާ، ވީލްބަރޯ ފަދަ އެއްޗެއްގައިވެސް ކުނި އުފުލާންވާނީ އެތަކެތި މަގުމައްޗަށް ނުފައިބާނެހެން ރައްކާތެރިކުރެވިގެންނެވެ.

 

 

 

(ށ)

 

 

 

 

ކުނި އުފުލުމުގެ ތެރޭގައި މަގުމައްޗަށް ކުނި އެޅިއްޖެނަމަ ވީހާވެސް އަވަހަކަށް އެކަން ރަނގަޅުކުރަންވާނެއެވެ. އަދި އެކަން ރަނގަޅު ނުކޮށްފިނަމަ، އެއީ މަގުމައްޗަށް ކުނި އެޅުންކަމުގައި ބެލެވޭނެއެވެ.

 

 

 

 

 

ވިޔަފާރި އުސޫލުން ކުނި އުފުލުމުގެ ހިދުމަތް ދިނުން                 

                          

 

(ރ)

 

 

 

 

(ހ)

 

 

(ށ)

 

 

(ނ)

މިއުސޫލްގެ 06 ވަނަ މާއްދާގައި ބުނެފައިވާ ގޮތްނޫން ގޮތަކަށް ހުންނަ ކުނި، އުޞޫލާ އެއްގޮތަށް ބަދަލުކުރަން އެންގޭނެއެވެ. މި ގޮތަށް އެންގުމުންވެސް އުޞޫލާ އެއްގޮތަށް ކުނި ވަކި ނުކޮށްފިނަމަ އެފަދަ ކުނި އުކާލުމުގެ ހުއްދަނުދެވޭނެއެވެ.

 

ވިޔަފާރި އުސޫލުން ކުނި އުކުމުގެ ހިދުމަތްދޭ ފަރާތްތަކުން އެ ހިދުމަތް ދޭންވާނީ ކައުންސިލްގައި ރަޖިސްޓްރިކޮށް ހުއްދަ ލިބިގެންނެވެ.

 

ވިޔަފާރި އުސޫލުން ކުނިއުކާލުމުގެ ހިދުމަތްދޭ ފަރާތްތަކަށް ހުއްދަ ދެވޭނީ 1 އަހަރުގެ މުއްދަތަށެވެ. އަދި އަހަރީ ފީގެ ގޮތުގައި 500ރ ނެގޭނެއެވެ.

 

މި އުސޫލާއި ހިލާފަށް ކުނި އުކާލުމުގެ ހިދުމަތްދޭ ފަރާތްތަކާއި މެދު (ކުނި އުކާލުމާއި ކުނި ނައްތާލުމާބެހޭ ގަވައިދު)ގެ 11ވަނަ މާއްދާގެ (ހ)ދަށުން ޖޫރިމަނާ ކުރެވޭނެއެވެ.

 

 

ކުނި އުފުލާ ވަގުތު

8.

(ހ)

 

 

 

(ށ)

 

ކުނިގޮނޑަށް ކުނި އުކޭނޭ ވަގުތުތަކާއި ގަޑިތައް މިކައުންސިލުން އާންމުކޮށް އިޢުލާނު ކުރަމުންގެންދާނެއެވެ. އެ ނޫން ވަގުތުތަކުގައި ކުނި އުކުމަކީ މަނާ ކަމެކެވެ.

 

އާއްމުކޮށް ކުނިގޮނޑަށް ކުނި އުކާ ވަގުތުތައް ފިޔަވައި، އެހެން ވަގުތުތަކުގައި ކުނި އުކުމުގެ ހުއްދަ ދެވޭނީ ޙާއްސަ ހާލަތްތަކުގައެވެ. ޙާއްސަ ހާލަތްތަކުގައިވެސް ކުނި އުކުމުގެ ކުރިން ކައުންސިލް އިދާރާގެ ނުވަތަ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހުއްދަ ހޯދަންވާނެއެވެ. ޙާއްސަ ހާލަތްތައް ކަމުގައި ބަލާނީ ތިރީގައި މި ބަޔާންކުރާ ކަންތައްތަކެވެ.

-          ކައުއްސިލްގެ ބޭނުމަށް

-          ކާރިސާއެއް ނުވަތަ ބޮޑު ހާދިސާއެއް ކުރިމަތިވެގެން އުޅޭ ވަގުތު

-          ބޮޑެތިގަސް/ރުއް ކޮށުމަށްފަހު އުފެދޭ ކުނި

-          އިވެންޓެއް ނުވަތަ ޙަފްލާއެއް ބޭއްވުމަށްފަހު އުފެދޭ ކުނި

 

ރަށުން ބޭރު ފަރާތްތަކުގެ

ކުނި ނައްތާލުން

 

 

 

 

 

 

 

 

 

 

 

 

 

 

 

 

9.

(ހ)

 

 

 

 (ށ)

 

 

 

 

(ނ)

 

 

(ރ)

 

 

(ބ)

 

 

 

(ޅ)

 

ރަށުންބޭރު، އޮޑިފަހަރާއި ސަފާރީ ބޯޓުފަހަރުތަކުގެ ކުނި ބަނދަރަށް ގެނެސްދިނުމުން އެކުނި ކުނިގޮނޑަށް ގެންދިއުމާއި ނައްތާލުމުގެ ޙިދުމަތް ދެވޭނެއެވެ.

 

ރަށުން ބޭރު އޮޑިފަހަރާއި ސަފާރީ ބޯޓުފަހަރުތަކުގެ ކުނި، މި ރަށައް ބާލަންވާނީ ކައުންސިލް އިދާރާގެ ހުއްދަ ލިބިގެންނެވެ. ކައުންސިލް އިދާރާގެ ހުއްދަނެތި މިރަށައް ކުނި ބާލައިފިނަމަ، މި އުޞޫލުގެ 13 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން އެފަދަ ފަރާތްތަކާއިމެދު ފިޔަވަޅު އެޅޭނެއެވެ.

 

މިފަދަ ކުނިވެސް ހުންނަން ޖެހޭނީ މި އުޞޫލުގެ 06 ވަނަ މާއްދާގައިވާގޮތަށް ވަކިކުރެވިފައެވެ.

 

މިފަދަ ކުނި  އުކޭނެ އިންތިޒާމް މި ކައުންސިލްގެ ފޯނު ނަންބަރައް ނުވަތަ ކަމާއިބެހޭ އިސް މުވައްޒަފަކަށް ގުޅުއްވައިގެން ހަމަޖެއްސޭނެއެވެ.

 

ސަފާރީ ބޯޓު ފަހަރުން ބާލާ ބަނގުރަލާއި ބިޔަރު ފަދަ ބުއިންތައް އަޅާފައި ހުންނަ ފުޅި އާއި ދަޅު އުކާލަން ރަށަށް ބާލަން ޖެހޭނީ ރަނގަޅަށް ހުސްކޮށް ފެނުން ދޮވެފައެވެ.

 

މި ފަދަ ކުނި ނައްތާލުމާއި އުފުލުމަށް ފީ އެއް ނެގޭނެއެވެ. އަދި މި ފީ، ވަގުތުން ޕިކަޕްގެ ޑްރައިވަރާއި ހަވާލުކުރަން ޖެހޭނެއެވެ. މިގޮތުން ކޮންމެ ޕިކަޕް ދަތުރަކަށް ފީއެއްގެ ގޮތުގައި -/500 (ފަސްސަތޭކަ ) ރުފިޔާ ދައްކަންވާނެއެވެ.

 

 

 

ކުނި އެންދުން

10.

(ހ)

ކުނި އަންދަންވާނީ އެކަމަށް ކައުންސިލުން ކަނޑައަޅާ ދުވަހެއްގައި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ކައުންސިލުން ކަނޑައަޅާ ތަނެއްގައެވެ.

 

 

 

 

އަމިއްލަ ގޯތީގައި ކުނި ޖަމާކުރުމާއި ކުނި އެންދުން

 

 

1.11.

(ހ)

މި އުސޫލަށް ޢަމަލު ކުރުމަށްފަހު، އެއްވެސް މީހަކު އެމީހެއްގެ އަމިއްލަ ގޯތީގައި އަވަށްޓެރިންނަށް އުނދަގޫވެދާނެ ފަދަ ގޮތަކަށް ކުނި ޖަމާކޮށް، ކުނި އުކައިނުލާ ގިނަކުރުމަކީ މަނާކަމެކެވެ. މި އުސޫލަށް އަމަލުކުރަން ފެށުމާއިއެކު އެއްވެސް ގޯއްޗެއްގައި ނުވަތަ އަމިއްލަ ބިމެއްގައި ކުނި އަންދަންވާނީ ކައުންސިލުން އެކަމަށް ކަނޑައަޅާގޮތެއްގެ މަތިން، ކައުންސިލުގެ ހުއްދަ ހޯދުމަށްފަހުގައެވެ. ކައުންސިލުން ހުއްދަ ދޭންވާނީ ކުނި އުކާލުމާއިބޭހޭ ގަވައިދުގެ (ށ)ގައިވާ ގޮތުގެމަތިންނެވެ.

 

 

 

 

 

 

 

ގާކުނޑި ނުވަތަ   އިމާރާތް ކުރުމުގައި އުފެދޭ ކުނި

                             

 

 

 

 

 

 

12.

 

                    

(ށ)

 

 

 

 

 

 (ހ)  

 

 

(ށ)

 

(ނ)

ކުނީގެ ތެރެއިން ނުބައިވަސްދުވާ ތަކެއްޗާއި އުކައިނުލައިހުރުމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެ ފަދަ ތަކެތި އުކައިނުލާ އަމިއްލައަށް ބަހައްޓާނަމަ، އެކަމަކީ މިއުސޫލުގެދަށުން މަގުމައްޗަށް ކުނިއެޅުމާއި އެއްފަދަ ކަމެއްކަމަށްބަލައި އެފަދަ ފަރާތްތަކާމެދު މިއުސޫލްގެ 17 ވަނަ ނަމްބަރުގައިވާ ގޮތުގެ މަތިން ޢަމަލު ކުރެވޭނެއެވެ.

 

ގާކުނޑި ނުވަތަ އިމާރާތް ކުރުމުގައި އުފެދޭ ކުނި އުކާލަންވާނީ، ކައުންސިލުން ކަނޑައަޅާ ތަނަކަށް އެކަންޏެވެ.

 

ގާކުނޑި ނުވަތަ   އިމާރާތް ކުރުމުގައި އުފެދޭ ކުނި އުކާލަންވާނީ، ކައުންސިލް އިދާރާގެ ހުއްދަ ހޯދުމަށްފަހުގައެވެ.

މި އުޞޫލްގެ 12 ވަނަ މާއްދާގެ (ހ)އާއި (ށ) އާއި ޙިލާފުވާ ފަރާތްތަކަށް މި އުޞޫލްގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.

 

 

 

 

 

 

 

ކުނިއުކުމުގެ ފީ – ކައުންސިލުން، ކުނިއުކުމުގެ ހިދުމަތްދޭނަމަ

 

13.

(ހ)

ގޭބިސީތަކުގައި އާއްމުކޮށް އުފެދޭ ދުވަހުކުނިބުނި އުކުމަށް މަހަކު މި ކައުންސިލް އިދާރާއިން އާންމުކޮށް އިޢުލާނު ކުރާ އަދަދެއް މިކައުންސިލަށް ދައްކަންވާނެއެވެ. ( ގޭ ބިސީއެއް ކަމުގައި ބަލާނީ ވަކި ރަޖިސްޓްރީ ހައްދާފައިވާ ކޮންމެ ގޭބިސީ އެކެވެ.)

 

 

 

 

(ށ)

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ ކުނި ނައްތާލުމަށް އަގު ކަނޑައަޅާނީ އާއްމުކޮށް އުފެދޭ ދުވަހު ކުނިބުނީގެ ބޮޑުމިނަށް ބަލައިގެން ކައުންސިލާއި އެފަރާތަކާ މަޝްވަރާ ކޮށްގެންނެވެ.

 

 

 

 

(ނ)

ގޭ ބިސީތަކާއި ވިޔަފާރިކުރާ ތަންތަނާއި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގައި އާއްމުކޮށް އުފެދޭ ދުވަހު ކުނިބުނި ފިޔަވައި އެހެނިހެން ކުނިބުނީގެ ނިސްބަތުން ދަތުރަކަށް ކަނޑައެޅޭ ފީއެއް މިކައުންސިލަށް ދައްކަންވާނެއެވެ.

 

 

 

 

(ރ)

ކުނިނައްތާލުމުގެ ޕްރޮގްރާމްގައި ބައިވެރިނުވާ ގޭބިސީތަކުން ކުނިކޮށްޓަށް ކުނި އުކޭނީ މަހަކު -/100 ( ފަސްސަތޭކަ ) ރުފިޔާ ދައްކައިގެންނެވެ.

 

 

 

 

(ބ)

 

 

(ޅ)

މިރަށުގައި ހިންގާ ގެސްޓްހައުސް، ހޯމްސްޓޭ ކޮޓަރި ތަކުން ކުނި ނެގުމުގެ ފީ ތައް މި އުސޫލް ދަށުން ކައުންސިލުން އާންމުކޮށް އިޢުލާން ކުރަންވާނެއެވެ.

 

އެކި ކަހަލަ މުނާސަބަތުތަށް އަދި ޚާއްޞަ ދުވަސްތައް ފާހަގަ ކުރުމަށް ބާއްވާ ޙަފްލާތަކާއި ބައްދަލުވުންތަކާއި، ޚިތާނީ ޚަފްލާ ތަކާއި ކައިވެނި ޕާޓީ، އަދި މި ނޫނަސް މިކަހަލަ ޙަފްލާތަކުން އުފެދޭ ކުނިބުނި އެ ޚަފްލާއެއް އިންތިޒާމް ކުރާ ފަރާތަކުން ކައުންސިލް އިދާރާއަށް އަންގައި މި އުސޫލްގެ ތެރެއިން ކުނި އުކުމުގެ އިންތިޒާމް ހަމަޖައްސަން ވާނެއެވެ. އަދި މިކަމަށް ނަގާނެ ފީއެއް ނިންމާނީ ކައުންސިލުންނެވެ.

 

 

ކުނިގޮނޑުފިޔަވައި އެހެން ތަނަކަށް ކުނިއެޅުން

14.

 

ކައުންސިލުން ކުނި އުކުމަށް ކަނޑައަޅާފައިވާ ކުނިގޮނޑުނޫން އެހެންތަނަކަށް ކުނި އަޅައިފިނަމަ އެކަން ކުރި ފަރާތަކާއި މެދު ތިރީގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

 

 

 

(ހ)

މިއުސޫލުގައި ހިމެނިފައިވާ ކަންކަމާ ހިލާފަށް ޢަމަލު ކުރާ ފުރަތަމަ ފަހަރުނަމަ އެމީހަކަށް އެކަން ރަނގަޅުކުރުމަށް ނަސޭހަތް ދިނުން، ދެވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފިނަމަ -/500 ( ފަސްސަތޭކަ ) ރުފިޔާ އާއި -/1000 ( އެންހާސް ) ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން، ތިންވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފިނަމަ -/1000 ( އެންހާސް ) ރުފިޔާ އާއި -/3000 ( ތިންހާސް ) ރުފިޔާ އާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން، ހަތަރުވަނަ ފަހަރަށް ކުއްތަކުރާރުކޮށްފިނަމަ -/3000 ( ތިންހާސް ) ރުފިޔާ އާއި -/5000 ( ފަސްހާސް ) ރުފިޔާ އާ ދެމެދުގެ  އަދަދަކަށް އެފަރާތެއް ޖޫރިމަނާކުރުން، އަދި ހަތަރު ފަހަރަށް ވުރެ އިތުރަށް ކުށްތަކުރާރުކުރާ ކޮންމެ ފަހަރަކު -/5000 ( ފަސްހާސް ) ރުފިޔާއިން  ޖޫރިމަނާ ކުރެވޭނެއެވެ.

 

 

 

 

(ށ)

މި ނަމްބަރުގެ (ހ) ގައިވާ ކަންތައްތައް ކައުންސިލުން ރަނގަޅު ކުރަން ޖެހިއްޖެނަމަ އެކަމަކަށް ދިޔަ ޚަރަދު އެކަން ކުރި ފަރާތަކުން ދޭންވާނެއެވެ.

 

 

 

 

 

 

ކުނީގެ ބޭނުން ހެޔޮގޮތުގައި ހިފުން

15.

(ހ)

ކުނިގޮނޑަށް އުކާލާ ތަކެތީގެ ތެރެއިން ކައުންސިލްގެ ނަޒަރުގައި ބޭނުން ހިފޭނެ ތަކެތި ނަގައިގެން އަތަކެތި ވިއްކައި ނުވަތަ ބޭނުން ކުރުމުގެ ހުއްދަ ކައުންސިލަށާއި ކައުންސިލުން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

 

 

 

 

 

 

                     

އުސޫލާ ޚިލާފުވުން

16.

(ހ)

މި އުސޫލުގައި ކުރުމަށް އަންގާފައިވާ ކަމެއް ނުކުރުމުން ނުވަތަ ނުކުރުމަށް އަންގާފައިވާ ކަމެއް ކުރުމުން ކަނޑައެޅިގެން ވަކި އަދަބެއް ކަނޑައެޅިފައިނުވާ ކަންކަމަށް ކަމުގެ ކުޑަބޮޑުމިނަށް ބަލައި -/500 ( ފަސްސަތޭކަ ) ރުފިޔާ އާއި -/1000 ( އެންހާސް ) ރުފިޔާ އާ ދެމެދު ޢަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

 

 

(ށ)

މި އުސޫލުގައި ހިމެނޭ އެންމެހާ ޖޫރިމަނާތަކާއި ފީތައް ދައްކަންވާނީ މިކައުންސިލަށެވެ.

 

މިއުސޫލްގެ ދަށުން ކަނޑައަޅާތަން

17.

 

މިއުސޫލް ނަގަހައްޓައި ހިންގުމަށްޓަކައި، މިއުސޫލަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން (01) މަސްދުވަހުގެ ތެރޭގައި ކައުންސިލްގެ އިޙްތިޞާސްތެރޭގައި ހިމެނެ ސަރަހައްދުތަކާއި ގުޅޭގޮތުން ހަދަންޖެހޭ އުސޫލްތަކާ އާންމު އިއުލާނުތަށް ހަދައި ޢާއްމުކޮށް ޝާޢިއު ކުރަންވާނެއެވެ.

 

 

 

 

މާނަ ކުރުން

18.

(ހ)

ކައުންސިލް: މިއުސޫލްގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލްގެ މާނައަކީ  ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާއެވެ.

 

 

 

(ށ)

 

 

 

(ނ)

 

 

 

 

(ރ)

ކުނިގޮނޑު: މިއުސޫލްގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކުނިގޮނޑުގެ މާނައަކީ ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާއިން މިރަށުގައި ކުނިއަޅާނެ ތަން ކަމުގައި ކަނޑައަޅާ ތަނެވެ.

 

ދުވަހު ކުނިބުނި: މިއުސޫލްގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ދުވަހު ކުނިބުނީގެ މާނައަކީ ގޭބިސީތަކާއި ވިޔަފާރިކުރާ ތަންތަނާއި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކާއި ސަފާރީއާއި އޮޑިދޯނިފަހަރުން އާއްމުކޮށް އުކާލައި ކުނިކަހައިގެން ނަގާ ކުން ކުނި ބުންޏެވެ.

 

މިއުސޫލްގައި ބޭނުންކުރެވިފައިވާ ބަސްތައް ތަފްސީރު ކުރުމުގެ މީހުންނާއި، ފަރާތްތަކުގެ މާނައިގައި، ކުންފުނި ގްރޫޕް، އޮފީސް ފަދަ ތަންތަން ހިމެނެއެވެ. ވަކިވަކި ދަރުދަކަށް ނުވަތަ އެޖެންސީއަކަށް ބޭނުންކުރެވިފައިވާ ބަސްތައް އެބަހެއް ބޭނުންކުރެވިފައިވާ ހާލަތަށް އެކަށީގެންވާ ގޮތަކަށް ރިޢާޔަތްކޮށް ގިނަ މީހުން ނުވަތަ ދެޖިންސަށް އެކުލެވޭގޮތަށް މާނަ ކުރެވިދާނެއެވެ.

 ނޯޓް: މިއުސޫލްގައި ބަޔާންކުރެވިފައިނުވާކަމެއް ދިމާވެއްޖެނަމަ އެކަމަކަށް ގޮތް ނިންމާނީ ކައުންސިލްގައި މަސްވަރާކުރުމަށްފަހުގައެވެ.

------------------------

09 ޖުލައި 2025

 

 

 

 

 

 

10 ޖުލައި 2025