ދިވެހިރާއްޖެ
ކާފަ މާމަ މައިޒާން ތަރައްޤީކުރުމަށްދާ ސަރަހައްދުގެ މަގުތަކަށާއި އެނޫން ބައެއް މަގުތަކުގައި ހުރި ބައެއް ރުއްގަސް ނަގަންޖެހޭތީ، އެރުއްގަހުގެ ވެރިން ސާފުކުރުމަށް ވަނީ ބޭނުންވެފައެވެ. މިގޮތުން އެ ސަރަހައްދުން ކަނޑަން ބޭނުންވާ ރުއްގަހުގައި ނޫ ކުލައިން 1 ން 46 އަށް (X) ޖަހައި، ނަމްބަރު ޖަހާފައި ހުންނާނެއެވެ. ކަޑަށްޖެހޭ ރުއްތަކުގައި ނަމްބަރު ޖަހާފައި ހުންނާނީ ފިރާސްގެ އިރުމަތީ މަގުން ފެށިގެން ހިރާ ގޭ އުތުރު މަގަށެވެ.
ވީމާ އެރުއްގަހުގެ ވެރިން، މި އިދާރާއަށް ދުރުވެ މި އިދާރާއިން އެރުއްގަހަށް ދީފައިވާ ނަމްބަރު އަންގަވާ ދެއްވުމަށް ދެންނެވީމެވެ. ރުއްގަހުގެ ވެރިފަރާތުން ރުއްގަހުގައި ޖަހާފައިވާ ނަމްބަރު ނޯޓް ކުރަން ދުރުވާއިރު އެރުއްގަހުގެ ރަޖިސްޓަރީ ނަމްބަރު ގެންނަށް ޖެހޭނެއެވެ. އަދި 2025 ޖުލައި 15 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ވެރިޔަކު ނުވެ ހުންނަ ރުއްގަސް ޤާނޫނު ނަމްބަރ 21/98 (މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާއި ބެހޭ ޤާނޫނު) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ ރުއްގަސް ކަމުގައި ބަލައި އެރުއްގަސް ކަނޑާ ލެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.