ދިވެހިރާއްޖެ
އިޢްލާން
އިޖުތިމާއީ ސަރަޙައްދު ސާފުކޮށް ބަލަހައްޓާދޭނެ ފަރާތްތަކެއް ހޯދުމާ ގުޅޭ
ކިނބިދޫ އިޖުތިމާޢީ ސަރަހައްދު ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވާތީ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
- ބޭނުންވާ ޢަދަދު: 3
- މަސައްކަތުގެ މުއްދަތު: 13 ނޮވެންބަރު 2026 ގެ ނިޔަލަށް
- މަސައްކަތުގެ އަގު: މަސައްކަތް ކުރާ މަހަކަށް -/5000 ރުފިޔާއަށް ވުރެ ބޮޑު ނުވުން
- މަސައްކަތް ކުރަންޖެހޭ ވަގުތު: ދުވާލަކު 4 ގަޑިއިރު/ ހަފުތާއަކު 6 ދުވަހު
- މަސައްކަތުގެ ތަފުޞީލު: ރަށުގެ އިޖުތިމާޢީ ސަރަހައްދާއި، ރައްޔިތުންގެ ގޯތިތަކާއި އިމާރާތްތަކާއި، އިދާރާގެ ބެލުމުގެ ދަށުގައިވާ ބިންބިމާއި އެފަދަ ތަންތަން ކުނިކެހުމާއި، ވިނަނޮޅުމާއި، ކޮށަންޖެހޭ ގަސްތައް ކޮށުމާއި، ކުނިއުކުމާއި، އެތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުމުގެގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- 6. މަސައްކަތަށް މީހުން ހޮވުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް:
6.1 މަހަކަށް ހުށަހަޅާ އަގު %70
6.2 ބަގީ/ ވެހިކަލް ދުއްވުމުގެ ލައިސަންސް 30%
7. ހުށަހަޅަންޖެހޭ ތަކެތި
ހ. އެކި ކަންކަމަށް އެދި ހުށަހަޅާ ފޯމް (މި ފޯމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
ށ. އައިޑީ ކާޑުގެ 2 ފުށުގެ ސާފު ކޮޕީ
ނ. އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ނުވަތަ ކުންފުނި/ ޕާޓްނަރޝިޕްގެ ރަޖިސްޓްރީ ކޮޕީ
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން "އެކި އެކި ކަންކަމަށް އެދޭ ފޯމު" ފުރިހަމަކުރެއްވުމަށްފަހު، 16 ޖުލައި 2025 ވާ ބުދަ ދުވަހު މެންދުރުފަހު 11:00 ގެ ކުރިން މިއިދާރާގެ ކައުންޓަރަށް ފޯމު ހުށައެޅުއްވުން އެދެމެވެ. ފޯމް ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރަ ކެނޑުން އޮންނާނީ މިކަމަށް އެދި ސިޓީލާ ހުރިހާ ބޭފުޅުންގެ އެއްހާޒިރުގައެވެ.
15 މުހައްރަރު 1447 ހ