ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)336/336/2025/54
ޕަބްލިޝްކުރި ތާރީޚް: 10 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 13:18
ސުންގަޑި:
16 ޖުލައި 2025 10:00
މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން:-
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޖުލައި 2025 ގައި މިކައުންސިލްގެ ފަރާތުން ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުން 17 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ10:00 ގައި މިކައުންސިލްގައި އޮންނާނެއެވެ.
- ބައްދަލުވުމުގެ އެޖެންޑާ:
1- ފާއިތުވި ހަމަސްދުވަހުގެ ތެރޭގައި ކުރިޔަށް ގެންދެވުނު ޙަރަކާތްތަކުގެ މަޢުލޫމާތު ޙިއްސާކުރުން.
2- ކުރިޔަށް އޮތް ހަމަސްދުވަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ޙިއްސާކުރުން.
3- ރައްޔިތުންގެ ސުވާލާއި ޖަވާބު.
ވީމާ، މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިޢުލާން ކުރީމެވެ.
10 ޖުލައި 2025