ކުއްޔަށް ހިފުން
ނަންބަރު: PRC-MPL/IUL/2025/95
ޕަބްލިޝްކުރި ތާރީޚް: 10 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 13:12
ސުންގަޑި: 21 ޖުލައި 2025 14:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ މެއިލްއޮޕަރޭޝަންސްގެ މަސައްކަތްތަކަށް ބޭނުންކުރާނެ އިމާރާތެއް މާލެ ސަރަހައްދުން ކުއްޔަށް ހިފުމަށް އަލުން ހުޅުވާލުން

1.  ބީލަމާއި ބެހޭ މަޢުލޫމާތު: 

          މި ކުންފުނީގެ މެއިލްއޮޕަރޭޝަންސްގެ މަސައްކަތްތަކަށް ބޭނުންކުރާނެ އިމާރާތެއް މާލެ ސަރަހައްދުން ކުއްޔަށް ހިފުމަށް ކުރެވުނު އިޢުލާން ނަންބަރު: PRC-MPL/IUL/2025/85 (16 ޖޫން 2025)ގެ އިޢުލާނާއި ގުޅިގެން މި ކުންފުނިން ބޭނުންވާފަދަ ތަނެއް ކުއްޔަށްދޫކުރުމަށް، ޝަރުތުހަމަވާ ބީލަމެއް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާތީ، މިދެންނެވި އިޢުލާން ބާތިލްކޮށް ތިރީގައިވާ ގޮތުގެ މަތިން ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ އެންމެހައި ފަރާތްތަކަށް އަލުން ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ޝީޓަށް ބިނާކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި ޕޯސްޓް އޮފީހަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ޕްރީ-ބިޑް މީޓިންގ:

ތާރީޚް:

16 ޖުލައި 2025

އެޑްރެސް/ތަން:

ޕޯސްޓް ބިލްޑިންގ 5ވަނަ ފަންގިފިލާ

ގަޑި:

11:00

 

ބީލަން ހުށަހެޅުން:

ތާރީޚް:

21 ޖުލައި 2025

ނޯޓް: ޕްރޮޕޯސަލް ހުށަހަޅަން ހަމަޖެހިފައިވާ ދުވަސް ސަރުކާރު ބަންދު ދުވަހަކަށްވެއްޖެނަމަ، ޕްރޮޕޯސަލް ހުށަހަޅާނީ ދެން އެންމެ ފުރަތަމަ ސަރުކާރު ހުޅުވޭ ދުވަހުއެވެ.

އެޑްރެސް/ތަން:

ޕޯސްޓް ބިލްޑިންގ 5ވަނަ ފަންގިފިލާ

ގަޑި:

14:00

2- ބީލަމާއި ގުޅުންހުރި މުހިންމު މަޢުލޫމާތު:

  • ޕްރޮޕޯސަލް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
  • ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  • މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 20 ޖުލައި 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގެކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
  •   3009292 ޕްރޮކިއުމަންޓް ޔުނިޓް
  • [email protected]
10 ޖުލައި 2025