ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)319/319/2025/42
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 13:11
މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު - ޖުލައި 2025
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނޫ ( ޤާނޫނު ނަންބަރު 2010/7 ) ގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންނަށް އާންމުކޮށް ހުޅުވައިލައިގެން ބާއްވާ ބައްދަލުވުން، 2025 ޖުލައި 25 ވާ ހުކުރު ދުވަހުގެ 20:30 ގައި ބ.މާޅޮހު ސްކޫލުގައި އޮންނާނެއެވެ.
ވީމާ، ބައްދަލުވުމުގައި ބައިވެރިވުމުގެ ދަޢުވަތު މާޅޮހުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ.
ބައްދަލުވުމުގެ އެޖެންޑާ
- 2025 ވަނަ އަހަރުގެ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމްދިނުން
- 2025 ވަނަ އަހަރުގެ ފުރަތަމަ 06 މަސްދުވަހު ކައުންސިލް ހިނގާ ދިޔަގޮތުގެ ރިޕޯޓް ހުށަހެޅުން
- 2026 ވަނަ އަހަރުގެ ކައުންސިލްގެ މަސައްކަތު ތާވަލު އަދި ބަޖެޓް ހުށަހެޅުން
09 ޖުލައި 2025