ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)316/316/2025/77
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 09:14
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ކިހާދޫ ރައްޔިތުންގެ ރުއްގަހުން ލިބޭ ތަކެއްޗާއި މެދު އަމަލުކުރާނެ ގޮތުގެ އުޞޫލާއި ގުޅޭ

މިއިދާރާގެ ނަންބަރު (IUL)316/316/2025/71 އިޢުލާނާއެކު އާންމު ކުރެވިފައިވާ "ބ.ކިހާދޫ ރައްޔިތުންގެ ރުއްގަހުން ލިބޭ ތަކެއްޗާއި މެދު އަމަލުކުރާނެ ގޮތުގެ އުޞޫލަށް 2025 ޖުލައި 24 ވާ ބުރާސްފަތި ދުވަހުން ފެށިގެން އަމުލުކުރަން ފެށުމަށް ނިންމާފައިވާތީ މިތާރީޚުން ފެށިގެން މިއުޞޫލުގައި ބަޔާންކުރެވިފައިވާ ތަކެތި ވިއްކުމަށް ކަނޑައަޅާ އަގުތައް އާންމުކުރަމެވެ.

ހޮވައިގެން ގެންނަ ކާއްޓެއް

2.00 ރ (ދެ ރުފިޔާ)

އަޅައިގެން ގެންނަ ކާއްޓެއް

4.00 ރ (ހަތަރު ރުފިޔާ)

ކުރޮޅިއެއް

0.10 ރ (ދިހަ ލާރި)

ކުރުނބަލެއް

2.00 ރ (ދެ ރުފިޔާ)

ދަނބުރުކު ކުރުބަލެއް

5.00 ރ (ފަސް ރުފިޔާ)

ގަބުޅިއެއް

2.00 ރ (ދެ ރުފިޔާ)

ކަށިކެޔޮ ގަނޑެއް

20.00 ރ (ވިހި ރުފިޔާ)

ދޮންކެޔޮ ކިލޯއެއް

20.00 ރ (ވިހި ރުފިޔާ)

ބަނބުކެޔޮ

7.00 ރ (ހަތް ރުފިޔާ)

 

އަދި 2025 ޖުލައި 24 ވާ ބުރާސްފަތި ދުވަހުން ފެށިގެން ކާށި އެރި ދިނުމަށް ހަމަޖެހިފައިވަނީ، ކައުންސިލުން ވަކި ގޮތެއް ނާންގާ ހިނދަކު ކޮންމެ ހަފްތާއެއްގެ ހޯމަ  ދުވަހުގެ 10:00 ން ފެށިގެން ކަމުގައި ދަންނަވަމެވެ.  ކާށި އެރި ދިނުން ކުރިޔަށްދާނީ ކުރީގެ ހުކުރު މިސްކިތުގައެވެ.

ކާށި ގަތުމަށް ބޭނުންވާ ފަރާތްތަކުން އެރިދޭ ދުވަހު 09:00 ން 10:00 އާ ދެމެދު، ކައުންސިލް އިދާރާގެ ރިސެޕްޝަން އަށް ދުރުވެ ނަންނޯޓު ކުރެއްވުން އެދެމެވެ. އަދި ކާށި އެރިދޭ ދުވަހު ރުއްގަހުގެ ތަކެއްޗަށް ފައިސާ ބަލައިގަތުން 09:00 ން 11:00 އަށް މެދުކަނޑާލެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ޖުލައި 2025