ދިވެހިރާއްޖެ
އިޢުލާން
ލ. ކުނަހަންދޫ ދަތްތުނޑި އަދި ކުޑަރަށް ވަގުތީ ގޮތުން ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތަކުން ދެންނެވިފައިވާ ސުންގަނޑީގެ ކުރިން ބީލަމުގައި ރަޖިސްޓްރީވެ، އަންދާސީ ހިސާބް ހުށަހެމަށް ދަންނަވަމެވެ.
| 
 ރަޖިސްޓަރީވުން  | 
 2025 ޖުލައި 16 ވާ ބުދަ ދުވަހުގެ 14:00ގެކުރިން "ރަޖިސްޓްރޭޝަންފޯމް" ފުރިހަމަކުރައްވާ މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ ސުންގަޑީގެ ކުރިން މިކައުންސިލަށް ވަޑައިގެން ރަޖިސްޓަރީ ފޯމް ހުށަހެޅުމަށް ދައްނަވަމެވެ. 
  | 
| 
 އިތުރު މަޢުލޫމާތު ސާފުކުރުން.  | 
 މަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންނަމަ، 2025 ޖުލައި 16 ވާ ބުދަ ދުވަހުގެ 14:00ގެކުރިން ލިޔުމަކުން ހުށަހެޅުމަށް ދަންނަވަމެވެ. ނުވަތަ މިކައުންސިލްގެ 9995970 ނަންބަރަށް ގުޅުއްވާ ނުވަތަ ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވޭނެއެވެ.  | 
| 
 އަގުހުށަހެޅުމުގެ ސުންގަޑި  | 
 2025 ޖުލައި 17 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހައްދުންމަތީ ކުނަހަންދޫ ކައުންސިލް އިދާރަށް ހުށަހެޅުމަށް ދަންނަވަމެވެ. (ސުންގަޑީގެ ފަހުންނާއި ރަޖިސްޓަރީނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުވެވޭނެއެވެ.) 
  | 
13 މުހައްރަމް 1447