ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)321-A/321/2025/157
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 17:26
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2025 ޖުލައި މަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުމުގެ ދައުވަތު

އިޢުލާނު

                  ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޖުލައި މަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުން މި ހިނގާ ޖުލައި މަހުގެ 18 ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައި ތުޅާދޫ ސްކޫލް ހޯލުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

                  މި ބައްދަލުވުމުމުގެ އެޖެންޑާގައި ހިމެނޭ ކަންތައްތައް ތިރީގައި އެވަނީއެވެ.

                -   2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ރިޕޯޓު

                -   2026 ވަނަ އަހަރުގެ މަސައްކަތު ތާވަލު

                   ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. މި އިޢުލާނާއެކު 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ރިޕޯޓާއި 2026 ވަނަ އަހަރުގެ މަސައްކަތު ތާވަލް  ޢާއްމު ކުރެވިފައިވާނެއެވެ.

                   މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

09 ޖުލައި 2025