ދިވެހިރާއްޖެ
ކ. ކާށިދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުން ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓުގެ 410 ގޯއްޗެވެ. މި ގޯތިތައް ދޫކުރަނީ ލޭންޑް ޔޫސް ޕްލޭންގައި ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކުންނެވެ.
މި 410 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ތިރީގައި މިވާ ގޮތަށް 2 (ދޭއް) ކެޓަގަރީއެއްގެ ދަށުންނެވެ.
ކެޓަގަރީ A |
ކާށިދޫގެ ރަށްވެހިންނާއި، ކާށިދޫ ރަށްވެހިންނާއި ކައިވެނިކޮށްގެން ކާށިދޫގައި ދިރިއުޅޭމީހުންނާއި، ކައިވެނީގެ ގޮތުން ފިޔަވައި ކާށިދޫއަށް ހިޖުރަކޮށް، ރަށްވެހިކަން ބަދަލުކޮށް ކާށިދޫގައި ދިރިއުޅޭ ފަރާތްތަކަށާއި ކާށިދޫއަށް ދިރިއުޅުން ބަދަލުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކުރެވިފައިވާ |
400 |
ކެޓަގަރީ B |
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް |
10 |
ވީމާ، މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ "ކާށިދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު" ގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު" ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިއުންތަކާއެކު 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މާލެ އަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ގޯއްޗަށް އެދި ހުށަހަޅާ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 15 ޖުލައި 2025 ވަނަ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 12:00 އަށެވެ. ގޯއްޗަށް އެދި ހުށަހަޅަންޖެހޭނީ އުސޫލާ އެއްގޮތްވާގޮތުގެމަތިން ފޯމުގެ އަސްލެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6645377 އާއި ގުޅުއްވުން އެދެމެވެ.
އިޢުލާނާއެކު ތިރީގައިވާ ލިޔުންތައް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
- ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު (ކެޓަގަރީ A އަދި ކެޓަގަރީ B އަށް ކުރިމަތިލުމަށް އެދެންވާނީ އެ ކެޓަގަރީއަކަށް ކަނޑައެޅިފައިވާ ފޯމުންނެވެ.)
- ކާށިދޫ އިން ބަންޑާރަ ގޯތި ދިނުމުގެ އުޞޫލު
- ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމެޓީ އެކުލަވާލުމުގެ އުޞޫލު
- އިރުޝާދު ޝީޓް
- އެނެކްސް ޝީޓް
- ޕޮއިންޓް ޝީޓް
- ގޯތި ދޫކުރާ ސަރަޙައްދު ދައްކުވައިދޭ ޗާޓު
- ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިފައިވާ ބިން ދޫކޮށްލުމަށް ވެވޭ އިޤުރާރު
- ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ތަރިކައިން ލިބެންއޮތް ބިން ދޫކޮށްލުމަށް ވެވޭ އިޤުރާރު
ވީމާ މިކަން އާންމުކޮށް އަންގައި އިއުލާން ކުރީމެވެ.