ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)NAH-A-AD/NAH/2025/25
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 16 ޖުލައި 2025 14:00
ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ - ނ. ހޮޅުދޫޞިއްޙީމަރުކަޒު

ނ. ހޮޅުދޫޞިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް  ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމްގެ ނަންބަރު:

J-352153

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާ އަދާކުރަންޖެހޭ ތަން:

އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ޔުނިޓް

މުސާރަ:

7035.00 ރުފިޔާ

ސަރވިސްއެލަވަންސް

2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ  އަދި އެހެނިހެން އިނާޔަތްތައް.
  3. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/900 ރުފިޔާ
  4. ހެލްތް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 (މަހަކު)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ހެލްތް މާސްޓަރ ޕްލޭނާއި، މިނިސްޓްރީގެ ސްޓްރެޓޖިކް ޕްލޭނުގެ މައްޗަށް ޞިއްޙީމަރުކަޒު ހިންގެވުމާއި ހަވާލުވެހުންނަވާ ފަރާތެއްގެ މަޝްވަރާގެ މަތިން ޞިއްޙީމަރުކަޒުގެ ޢަމަލީ މަސައްކަތްރާވާ ހިންގުމާއި ލަނޑުދަނޑިތައް ޙާސިލުވާނޭގޮތަށް ޞިއްޙީމަރުކަޒުގެ މަސައްކަތްތައްރާވާ ހިންގުން.
  2. ޞިއްޙީމަރުކަޒުގެ އިދާރީ ހިންގުމުގެ އެންމެހާ ކަންތައްތައް ޞިއްޙީމަރުކަޒު ހިންގެވުމާއި ހަވާލުވެހުންނަވާ ފަރާތެއްގެ މަޝްވަރާގެ މަތިން ރާވާ ހިންގާ ބެލެހެއްޓުމާއި، ގިންތި ކޮށްފައިވާ މިންވަރަށް ޚިދުމަތް ދިނުމަށް ބޭނުންވާ އެންމެހާ ކަންކަން އެކުލަވާލާފައިވާ އޮނިގަނޑާ އެއްގޮތަށް މަސައްކަތްތައް ރާވާ މުވައްޒަފުންނާއި މަސައްކަތްތައް ޙަވާލުކުރުމާއި މަސައްކަތްތަކުގެ ފެންވަރު ހިފެހެއްޓުން
  3. އާއްމު ޞިއްޙަތުގެ ޕްރޮގްރާމްތަކާއި، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމުގެ މަސައްކަތް ހިނގާނުހިނގާގޮތް ބަލައި މޮނިޓަރ ކުރުމާއި އައުޓްރީޗް ޚިދުމަތް ލިބިގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  4. ޞިއްޙީމަރުކަޒުގައި ބޭނުންކުރެވޭ އުޅަދު ފަހަރާއި އެއްގަމު ވެހިކަލްތައް މިނިސްޓްރީ އިން ހަމަޖައްސަވާފައިވާ އުސޫލުތަކާއި އެއްގޮތަށް ޞިއްޙީމަރުކަޒު ހިންގެވުމާއި ހަވާލުވެހުންނަވާ ފަރާތެއްގެ މަޝްވަރާގެ މަތިން ޚިދުމަތްތައް ފޯރުކޮށް ދިނުން.
  5. ޞިއްޙީމަރުކަޒުގެ މަސައްކަތްތައް ޞިއްޙީމަރުކަޒު ހިންގެވުމާއި ހަވާލުހުންނަވާ ފަރާތެއްގެ މަޝްވަރާގެ މަތިން މޮނިޓަރކޮށް ފީޑްބެކް ދިނުން.
  6. ޞިއްޙީ މައްސަލަތަކާއި ގުޅިގެން ދިމާވާ މެޑިކޯލީގަލް ކަންތައްތައް ޞިއްޙީމަރުކަޒު ހިންގެވުމާއި ހަވާލުވެހުންނަވާ ފަރާތެއްގެ މަޝްވަރާއާއި މިނިސްޓްރީގެ މަޝްވަރާގެމަތިން ކުރިއަށްގެންދިއުމާއި، ހުށަހެޅޭ މައްސަލައަކާ ގުޅޭ ލިޔެކިޔުންތަކުގެ ސިއްރު ހިފެހެއްޓޭނެ ނިޒާމެއް ގާއިމުކުރުން.
  7. ޞިއްޙީމަރުކަޒުގެ ތަފާސް ހިސާބުތައް ޤަވާޢިދުން ބެލެހެއްޓުމާއި މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ފޮނުވަންޖެހޭ ރިޕޯޓުތައް ފޮނުވުން.
  8. ޞިއްޙީމަރުކަޒު ހިންގެވުމާއި ހަވާލުވެހުންނަވާ ފަރާތެއްގެ މަޝްވަރާގެ މަތިން ޞިއްޙީމަރުކަޒުގެ އިންވެންޓްރީ އާއި ސްޓޮކްތައް (މެޑިކަލް، ޖެނެރަލް) ކަނޑައަޅާފައިވާ ގަވާޢިދުތަކާއި އުޞޫލުތަކާ އެއްގޮތަށް ބެލެހެއްޓުން.
  9. ޞިއްޙީމަރުކަޒު ހިންގެވުމާއި ހަވާލުވެހުންނަވާ ފަރާތެއްގެ މަޝްވަރާގެ މަތިން އަހަރީ ބަޖެޓް މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހެޅުމާއި އެއަހަރަކަށް ޚަރަދު ކުރުމަށް ލިބިފައިވާ ބަޖެޓު މެނޭޖް ކުރުމާއި ޚަރަދު ރިޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް މިނިސްޓްރީއަށް ފޮނުވުމާއި، ދައުލަތުގެ މުދަލާއި ފައިސާ އާ ބެހޭކަންކަން ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން.

10. ޞިއްޙީމަރުކަޒު ހިންގެވުމާއި ހަވާލުވެހުންނަވާ ފަރާތެއްގެ މަޝްވަރާގެ މަތިން ޞިއްޙީމަރުކަޒުގެ މައުލޫމާތުތައް މިނިސްޓްރީން އަންގާ ގޮތެއްގެމަތިން ކުރެވެމުންދޭތޯ ބަލާ މޮނިޓަރ ކުރުމާއި އަދި އިމާރާތާއި ގޯތީގެ މުއާމަލާތްތައް ކުރުމުގައި މިނިސްޓްރީގެ ލަފާ ލިޔުމުން ހޯދުމަށްފަހު ކުރިއަށް ގެންދިއުން.

11. ދިވެހި ސިވިލްސާރވިސަސްގެ ޤަވާޢިދުތަކާއި މިނިސްޓްރީއިން ކަޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ޞިއްޙީމަރުކަޒުގެ މުވައްޒަފުންގެ ވަޒީފާއާއި ބެހޭ އެންމެހާ ކަންތައްތައް ކުރުން.

12. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ މަސައްކަތްތައް ދިވެހި ސިވިލް ސާރވިސަސްގެ ޤަވާޢިދާއި އެއްގޮތަށް ކުރުން.

13. ޞިއްޙީމަރުކަޒު ހިންގެވުމާއި ހަވާލުހުންނަވާ ފަރާތެއްގެ މަޝްވަރާގެ މަތިން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ގުޅިގެން ކާބޯތަކެތި ވިއްކާ ތަންތަނާއި ފިހާރަތަކުންދޭ ޚިދުމަތްތައް ކަނޑައަޅާފައިވާ ޞިއްޙީ މިންގަނޑުތަކާ އެއްގޮތައްތޯ ބެލުމަށް އިންސްޕެކްޓް ކުރުމުގެ މަސައްކަތްތައް ތަންފީޒު ކުރުން.

14. ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ ޒިންމާތައް ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ފަރާތެއްވާނަމަ، އެ ފަރާތާ ގުޅިގެން އެ ފަރާތުގެ މަޝްވަރާއާއެކު، ސަރުކާރުގެ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކުރުން.

15. ސިއްޙީ އެމަރޖެންސީތަކާއި ޕެންޑަމިކް އަދި ކާރިސާ ތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި ޕްރައިމަރީ ހެލްތް ކެއަރ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ 6 ގެ އެޑްވާންސްޑް ޑިޕްލޮމާ/އެސޯސިއޭޓް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

   2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ،

  3. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ގުޅޭވަޒީފާގެ ދާއިރާތައް

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

ތަޢުލީމީ ރޮނގުތައް

ޕްރިފަރޑް ޑިސިޕްލިން :

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން 
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމަށް ކޮމިޝަނުން ކަނޑައަޅާފައިވާ ތަޢުލީމީ ރޮނގު(ތައް):

  • އެޑްމިނިސްޓްރޭޝަން 
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން  
  • ބިޒްނަސް މެނޭޖްމަންޓް  
  • މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ  ޝަރުތު ހަމަވުން

30

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

 

 

ހުށައަޅަންޖެހޭ ލިޔުންތައް

 

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު، ހޮޅުދޫޞިއްޙީމަރުކަޒުގެ އޮފީހުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)
  2. https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  6. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ދިވެހިރާއްޖޭގެ އިންސްޓިޓިއުޓްތަކާއި ކޮލެޖްތަކުން ދޫކުރަމުން އަންނަ "ކޯސް ކޮމްޕްލީޝަން" ލިޔުން ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ސިޓީ ނަންބަރާއި ތާރީޚު ހިމަނާފައިވާނަމައެވެ.)

  7. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ  އުވައިލައިފައިވާ  ޤައުމީ ނުވަތަ  ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންހޭ ލިޔުންތައް ހުށަހަޅާނީ 16 ޖުލައި 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނ.އަތޮޅުހޮސްޕިޓަލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. ( އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާފަރާތްތަކުން އީމެއިލް ހޮސްޕިޓަލަށް ލިބުނުކަން ޔަގީންކުރެއްވުން އެދެމެވެ. )  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަން ޖެއްސެވުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓްގައި ހިމެނޭ ފަރާތްތަކާ އެކަންޏެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމާށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު  އަދި ޕްރެކްޓިކަލް/އިމްތިހާން އޮންނާނީ 20 ޖުލައި 2025 އާއި 07 އޮގަސްޓް 2025 އާއި ދެމެދު ނ. ހޮޅުދޫޞިއްޙީމަރުކަޒުގައެވެ. ވުމާއެކު ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި އިންޓަރވިއު އަދި ޕްރެކްޓިކަލް/އިމްތިހާން ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް  A2”) ޝީޓް"( އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް" ( އޭ 2 ޝީޓް) އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected]    އަށް ހުށައަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ  6568942  އެވެ. އީމެއިލް ކުރާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެއުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ އުސޫލުތަކުގެ "ރެކްރޫޓްމެންޓް އުޞޫލު" https://www.csc.gov.mv/Policy/Index/51 އިން ލިބެން ހުންނާނެއެވެ.

09 ޖުލައި 2025